ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން މިދިޔަ ދުވަސްތަކު މަދުވީ ރައީސް ނަޝީދާއި، އެމަނިކުފާނުގެ ޖޯޝާއި ރޫހު: ފައްޔާޒް

ބޮޑު ބަދަލު ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ފައްޔާޒް އިސްމާއިލް (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މިދިޔަ ދެ އަހަރެއް ފާހަގަކުރެވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަދަ ވަރުގަދަ ރޫހެއް ނެތުންކަމަށް ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު އުފެދުނު ހިޔާލުތަފާތުވުންތަކާއި އެކު އެމްޑީޕީން ވަކިވެވަޑައިގެން ސިޔާސީ ގޮތުން ވަކިން މަސައްކަތް ކުރެއްވުމަށް ފަހު ރައީސް ނަޝީދު އެނބުރި އެމްޑީޕީއަށް ވަޑައިގަތީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތްކޮށް، ދެ ރައީސުން ސުލްހަ ކުރުމަށް ވެސް މަސައްކަތް ކުރިކަމަށް ފައްޔާޒް މީގެ ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.

މިވަގުތު ޗެއާޕާސަންގެ އިންތިހާބުގައި ރައީސް ނަޝީދަށް ތާއީދު ކުރައްވައި، ފައްޔާޒް ވެސް ދަނީ ކެމްޕެއިން ހަރަކާތްތައް ހިންގަވަމުންނެވެ.

އެމްޑީޕީގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ފައްޔާޒް ވިދާޅުވީ ޕާޓީގެ އިދާރީ އިންތިޒާމުތައް ކިތަންމެ ވަރުގަދަ ނަމަވެސް އެތެރޭގައި އޮންނަންޖެހޭ ރޫހު މިހާރު ފެންނަން ނެތްކަމަށެވެ.

ފައްޔާޒް ވިދާޅުވީ، އޭނާ ދައްކަވާ ސިޔާސީ ބޮޑެތި ވާހަކަތައް އަޑުއަހާނެ އެހެން ސިޔާސީ ލީޑަރަކު ނުވިކަމަށާއި، ނިޒާމީ ބޮޑު ބަދަލުތަކެއް ގެނެސް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ޖެހޭކަމަށް އައީ ތަކުރާރުކޮށް ވަކާލާތު ކުރަމުން ކަމަށެވެ. އަދި ގައުމަށް ގެންނަންޖެހޭ ބޮޑެތި ބަދަލުތަކުގެ ވާހަކަ ދެއްކުމުގައި އޭނާއާ އެކު ކުރިއަށް ވަޑައިގަތުމަށް މަސައްކަތް ކުރި ސިޔާސީ ލީޑަރެއް ނެތްއިރު، އެކަމަށް މަސައްކަތް ކުރުމަށް ބޭނުންވި ބޭފުޅެއް ނެތްކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ގައުމަށް ގެނައުމަށް ބޭނުންވާ ހެޔޮ ބަދަލު ގަބޫލުކޮށް އޭނާއަށް އެހީގެ އަތްދިއްކޮށްލެއްވި ހަމައެކަނި ބޭފުޅަކީ ރައީސް ނަޝީދު ކަމަށެވެ.

އަޅުގަނޑު ރައީސް ނަޝީދާ އެއްކޮށް މި މަސައްކަތުގައި މިއަދު މިހިރީ އެ ސަބަބަށްޓަކައި. މި ގައުމަށް ގެންނަންޖެހޭ ބޮޑެތި ބަދަލުތަކެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ

މީގެއިތުރުން ފައްޔާޒް ވިދާޅުވީ، އޭނާގެ ޗެއާޕާސަންކަމުގެ ދައުރުގައި ވޭތުވެދިޔަ ދެތިން އަހަރު ތެރޭގައި ޕާޓީގެ އެތެރޭގެ އިންތިޒާމުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާނެ ކަމަށެވެ. ނަމަވެސް، ޕާޓީގެ ކާމިޔާބީއަށް ބޭނުންވާ އެ ރޫހު ފެންނާން ނެތްއިރު، ޖޯޝު ދިޔައީ ފަނޑުވަމުންކަމަށް ވިދާޅުވި އެވެ. އެގޮތުން އެމްޑީޕީގެ އެންމެ މުހިންމު އެއް ”ފެކްޓަރ“ ކަމުގައިވާ ރައީސް ނަޝީދުގެ އެފެކްޓް ބޭނުންވިކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ފައްޔާޒް އިތުރަށް ވިދާޅުވި ގޮތުގައި، ގައުމުގެ މިހާރުގެ ހާލަތު ބަދަލުކުރުމަށްޓަކައި ކުރާ މަސައްކަތުގައި ސިޔާސީ ބުރަދަން ހުރި ލީޑަރެއްގެ ބޭނުންތެރިކަން ބޮޑެވެ. އަދި އެފަދަ ބުރަދަނެއް ހުރި ހަމައެކަނި ބޭފުޅަކީ ރައީސް ނަޝީދުކަމަށް ވަނީ ވިދާޅުވެފަ އެވެ.

މި މަސައްކަތަކީ ހަމައެކަނި ޕާޓީގެ މަގާމެއް ނުވަތަ ވެރިކަން ހޯދުމަށް ކުރާ މަސައްކަތެއް ނޫންކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ، މިއީ މުސްތަގުބަލުގެ ޖީލުތަކަށްޓަކައި ގައުމުގެ ހާލަތު ރަނގަޅުކޮށް، ދިވެހިރާއްޖޭގެ ވެރިކަން ކޮންމެ ފަހަރަކު ގޯސް މަގަކުން ސޮއްސާލައިގެން ދާ ދިއުން ހުއްޓުވުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

ފައްޔާޒް ވިދާޅުވީ މިއީ ގައުމުގެ ވެރިކަމެއް ހޯދުމަށް ކުރާ މަސައްކަތެއް ނޫންކަމަށާއި ބޭނުން ވަނީ ރައްޔިތުން ބޭނުންވާ ބަދަލު ގެނެސްދޭން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: