ކުރަމަތި އައިލެންޑް ރިސޯޓުން ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވި ފަތުރުވެރިއަކާއި ”ކްލޯސް ކޮންޓެކްޓް“ ވެފައިވާ ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓުކުރުގެ މަސައްކަތް ފަށާފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
ވައިރަސްގެ ފުރަތަމަ ޕޮޒިޓިވް ކޭސް ރާއްޖެއިން ފެނުނު ކުރެއްދު އައިލެންޑް ރިޒޯޓުން 10 މީހެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ހާމަކުރިއެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ބޮޑު ބަލިމަޑުކަމަކަށް ބަދަލުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިއުލާނުކޮށްފައެވެ. އަދި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި ވަނީ އިއުލާނުކޮށްފައެވެ.
https://twitter.com/HPA_MV/status/1238178377716002821
މި ވައިރަހަށް ރާއްޖެއިން 8 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ. އެއަށްފަހު ދެން ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓްގައި ތިބި ދެ ފަތުރުވެރިއެކެވެ.
ކުރަމަތި އައިލޭންޑް ރިސޯޓް ލޮކްޑައުންގައި ބޭއްވުމަށްފަހު މިހާރު ވަނީ ހުޅުވާލާފަ އެވެ. ރިސޯޓް އާންމުކޮށް ހުޅުވާލީ އެ ރިސޯޓްގެ ވަކި ސަރަހައްދެއް ބަންދުކުރުމަށްފަހު އެވެ. އެ ސަރަހައްދުގައި ތިބެނީ އަލާމާތްތައް ފެނިގެން އެކަހެރިކޮށްފައި ތިބޭ މީހުންނެވެ.
ވަގުތީގޮތުން އަރާފޭބުން މަނާ ކުރި ކުރެއްދޫ އައިލެންޑް ރިސޯޓާއި، ސޭންޑީޒް ބަތަލާ އަދި ކުރަމަތި ރިސޯޓު މިހާރު ވަނީ ހުޅުވާލާފައެވެ. ނަމަވެސް ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، އަދިވެސް ބަލި ފެނުމުގެ ފުރުސަތު ބޮޑަށް އޮތް ފަރާތްތައް ބޭރަށް ނުނިކުމެވޭ ގޮތަށް ވަކި ސަރައްހަދެއްގައި އެކަހެރިކޮށް ބޭތިއްބުމުގެ އިންތިޒާމް އެ ރިސޯޓުތަކުގައި ވަނީ ހަމަޖައްސާފައެވެ. އަދި ބަލިން ރައްކާތެރިކުރުމަށްޓަކާ އަޅާ ފިޔަވަޅާއި ބަލި ފެތުރުނަ ނުދިނުމަށްޓަކައި ކުރާ މަސައްކަތްތައް ތަންފީޒުކުރުމަށްް ސިއްހީ މުވައްޒަފުން ރިސޯޓުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް ވެސް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
ނަމަވެސް ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، މިހާރުވެސް ބަލި ފެނުމުގެ ފުރުސަތު ބޮޑަށް އޮތް ފަރާތްތައް ބޭރަށް ނުނިކުމެވޭ ގޮތަށް ވަކި ސަރައްހަދެއްގައި އެކަހެރިކޮށް ބޭތިއްބުމުގެ އިންތިޒާމް އެ ރިސޯޓުތަކުގައި ހަމަޖައްސާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

