ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

251 މިލިއަން ރުފިޔާގެ ދެ މަޝްރޫޢުގެ މަސައްކަތް އާރްޑީސީއާއި ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޑިޒައިން އެންޑް ބިލްޑް އުސޫލުން، ށ.މިލަންދުއާއި އދ.މާމިގިލިގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތްކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް އެންޑް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކުރާގޮތުގައި، މި ދެ މަޝްރޫޢަށް 251 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް، މިނިސްޓްރީ އޮފް ނޭޝަނަލް އެންޑް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، ޕްލޭނިންގ މިނިސްޓްރީން ބުނެފައިވަނީ، 156,477,632.23 ޚަރަދުކޮށްގެން، ށ.މިލަންދޫގައި ކުރިއަށްގެންދާ މަޝްރޫޢަކީ، 520 ދުވަހުގެތެރޭގައި ނިންމަން ހަވާލުކޮށްފައިވާ މަޝްރޫޢުއެއްކަމަށެވެ.

އދ.މާމިގިލީގެ މަޝްރޫޢާއި ބެހޭގޮތުން، އެ މިނިސްޓްރީން ބުނެފައިވަނީ، މި މަޝްރޫޢުއަކީ 95,043,314.41 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެއްކަމަށާއި، 400 ދުވަހުގެތެރޭގައި އެ މަޝްރޫޢު ނިންމަން އާރްޑީސީއާއި ހަވާލުކޮށްފައިވާކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީން ހާމަކުރިގޮތުގައި، މިލަންދޫގެ އަށް މަގެއްގައި، ތާރުއެޅުމަށްވަނީ ހަމަޖައްސާފައެވެ. މި ގޮތުން އެ ރަށުގައި 6.15 ކިލޯމީޓަރުގެ ތާރުއަޅާނެކަމަށެވެ. މީގެ އިތުރުން، މާމިގިލީގެ ހަ މަގެއްގައި، ތާރުއެޅުމަށް ހަމަޖެހިފައިވާކަމަށާއި، މި ގޮތުން 4.89 ކިލޯމީޓަރުގެ ތާރުއެޅުމަށް ހަމަޖެހިފައިވާކަމަށެވެ.

އާރްޑީސީއާއި މި ދެ މަޝްރޫޢު ހަވާލުކުރަން، ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ ޢަލިމަނިކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: