ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނަންތަރާ ރިސޯޓުން ވައިރަހަށް ޝައްކުވީ މީހާ ވައިރަސްއަށް ޕޮޒިޓިވް!

އަނަންތަރާ ރިސޯޓުން ވައިރަހަށް ޝައްކުވީ މީހާ ވައިރަސްއަށް ޕޮޒިޓިވް!- ފޮޓޯ: އަނަންތަރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން އުފަންވެ، ދުނިގޭގެ ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް، އަނަންތަރާ ދިގު ރިސޯޓުން ޝައްކުވެ ޓެސްޓު ކުރި ބިދޭސީ މީހާގެ ޓެސްޓު ނަތީޖާ ޕޮޒިޓިވްކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

މާލެ އަތޮޅުގައި އޮންނަ އަނަންތަރާ ދިގު ރިސޯޓުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހާއާ އެކި ގޮތް ގޮތުން ކޮންޓެކްޓް ވެފައިވާ 11 މީހަކު މިހާރު ވަނީ އެކަހެރި ކުރެވިފައެވެ. އަދި އެ މީހުން މޮނީޓާރ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެއެވެ.

އަނަންޔަރާއިން ފެނުނު މި ކޭސްއާއި އެކު ރާއްޖެއިން ފެނުނު ކޮރޯނާ ވައިރަސްގެ ޖުމްލަ އަދަދު 9 އަކަށް އަރައެވެ. ވައިރަސްއަށް ޕޮޒިޓިވް ވީ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ. އެއަށްފަހު ދެން ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓްގައި ތިބި ދެ ފަތުރުވެރިއެކެވެ.

https://twitter.com/HPA_MV/status/1238427000659828737

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ބޮޑު ބަލިމަޑުކަމަކަށް ބަދަލުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިއުލާނުކޮށްފައެވެ. އަދި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި ވަނީ އިއުލާނުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: