ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުސޫލު ފުރިހަމަ ކުރުމަށް ބަންގްލަދޭޝް އެނބުރި ރާއްޖެ އައި ދިވެއްސަކު 14 ދުވަހަށް އެކަހެރިކޮށްފި

އުސޫލު ފުރިހަމަ ކުރުމަށް ބަންގްލަދޭޝް އެނބުރި ރާއްޖެ އައި ދިވެއްސަކު 14 ދުވަހަށް އެކަހެރިކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

އުސޫލާއި އެއްގޮތަށް އަމަލު ކުރުމުގެ ގޮތުން، ބަންގްލަދޭޝްގައި ދިރިއުޅުމަށްފަހު ރާއްޖެއަަށް އެނބުރި އައި ދިވެއްސަކު 14 ދުވަހުގެ ކަރަންޓީން ފެސިލިޓީއަށް ގެންދެވިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ބަންގްލަދޭޝްއިން އައި މީހާއަށް މި ފިޔަވަޅު އަޅާފައިވަނީ އެއްވެސް ނުރައްކަލެއް އޮވެގެން ނޫނެވެ. އެ މީހާ ގައިގައި ވައިރަސްގެ އެއްވެސް އަލާމާތެއް ނެތެވެ.

ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ކޮރޯނާ ވައިރަސްއާއި ގުޅިގެން އަމަލު ކުރާ އުސޫލަށް ބަލާއިރު ވައިރަސް ފެތުރޭ ގައުމަކުން އެނބުރި އަންނަ މީހަކު އެކަހެރި ކުރަންޖެހޭނެއެވެ. އަދި ކަނޑައެޅިފައިވާ ވަކި މުއްދަތެއް ވަންދެން އޭނާގެ ކަންކަން މޮނީޓާރ ކުރަންޖެހެއެވެ. އެއީ އެ މީހާގެ ގައިގައި ވަރައިސްގެ އެއްވެސް އަލާމާތެއް ފެންނަން ނެތަސް މެއެވެ.

https://twitter.com/HPA_MV/status/1238574176195112960

ކޮރޯނާ ވައިރަސްއާ ގުޅިގެން ބަންގްލަދޭޝް އިން އަންނަ މީހުން ރާއްޖެއަށް އެތެރެވުން ވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ. ރާއްޖެއިން ރައްކާތެރިވުމުގެ އަޅާފައިޥާ ފިޔަވަޅެއްގެ ގޮތުން ފާއިތުވި 14 ދުވަހުގެ ތެރޭގައި ބަންގްލަދޭޝަށް ދަތުރު ކޮށްފައިވާ މީހަކު ރާއްޖެއަށް އެތެރެވުމާއި ޓްރާންސިޓްވުން މަނާވާނެއެވެ. އެހެން ނަމަވެސް އެ ގައުމުތަކުގައި ތިބި ދިވެހިންނަށް އެނބުރި ގައުމަށް އާދެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: