ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢީދު ފާހަގަކުރަންވީ ގޮތް ސަރުކާރުން ބުނެދިނުމުން މައްސަލައަކަށްވާނީ ހުއްދަ ކަންތައްތަކެއް މަނާކުރާނަމަ: ޝެއިޙް އަނީލް

ޝެއާރކޮށްލާ ކަހަލަދޯ؟

އީދު ފާހަގަކުރަންވީ ގޮތް ސަރުކާރުން ރައްޔިތުންނަށް ބުނެދިނުމުން މައްސަލައަކަށްވާނީ ހުއްދަ ކަންތައްތަކެއް މަނާކުރާނަމަ ކަމަށް ޝެއިޙް މުހައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

ޝެއިޙް އަނީލް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޢީދު ފާހަގަކުރަންވީ ގޮތް ސަރުކާރުން ރައްޔިތުންނަށް ބުނެދިނުމުން މައްސަލައަކަށްވާނީ ހުއްދަ ކަންތައްތަކެއް މަނާކުރާނަމަ ކަމަށެވެ. ޝެއިޙް ވިދާޅުވީ ހުއްދަ ކަންކަމުގައި ޙިސްބާއެއް ނުވަތަ ފާރަލުމެއް ނެތް ކަމަށާއި ނަމަވެސް ﷲ ކަނޑައެޅުއްވި ޙައްދުތައް ދެމެހެއްޓުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ޝެއިޙް އަނީލް އިތުރަށް ވިދާޅުވީ، ”تلك حدود الله فلا تعتدوها. (އެއީ ﷲ ކަނޑައަޅުއްވާފައިވާ އިންތަކެކެވެ. އެ އިންތައް ފަހަނައަޅައި ނުދާށެވެ!) މިނިވަންކަން އޮތީ ދީނުގެ އިމުގެ ތެރޭގައެވެ.“

ނިމިދިޔަ އަޞްހާ އީދު ފާހަގަކުރުމުގައި ދީނުގައި އަންގަވައިފައިވާ ގޮތާއި ހިލާފަށް އެކި ކުޅީވަރުތައް ކުޅޭތީ އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެކަން އެހެން ހިނގާފައި ވަނިކޮށް ޢީދުގެ އުފާ ފާޅުކުރާއިރު ދީނީ ހަމަތަކުގެ މަތީގައި ދެމިތިބުމުގެ މުހިންމުކަން ހާމަ ކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ޕޯސްޓެއް ކުރައްވާފައެވެ.

އިސްލާމީ އުންމަތުގެ އެންމެ މަތިވެރި އަޅުކަން ކަމުގައިވާ ޙައްޖުގެ މަތިވެރި މަޝާޢިރުތަކުގައި މުސްލިމުން ﷲ އަށް ތަލްބިޔާކިޔަމުންދާ މި ދަނޑިވަޅުގައި، ޢީދު ކުޅިވަރު ކުޅުމުގެ ތެރޭގައި މިކަންކަން ހިތަށް ގެނެސްގަތުން މުހިންމުކަމުގައި ޝަހީމްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ޝަޚްޞިއްޔަތު ހިފެހެއްޓުމަކީ ކޮންމެ މުސްލިމެއްގެ ޒިންމާއެއް ކަމަށެވެ. މި މައުޟޫއަށް ދީނީ އިލްމުވެރިން ވާހަކަދައްކަވަމުން މިދަނީ ޢީދު ފާހަގަކުރުމުގައި ދީނީ އިންތަކުން ބޭރުވަމުންދާ ކަމުގެ ޝަކުވާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: