ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ ހޮސްޕިޓަލްގައި ޙައްޖުވެރިންނަށް ޚާއްސަ ފުލޫ ކްލިނިކެއް!

ހުޅުމާލޭ ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ހޮސްޕިޓަލްގައި ޙައްޖުވެރިންނަށް ޚާއްސަ ފުލޫ ކްލިނިކެއް ޤާއިމްކޮށްފިއެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ޙައްޖުވެރިންނަށް ޚާއްސަ ފުލޫ ކްލިނިކެއް ޤާއިމްކޮށްފައިވާއިރު، އެ ކްލިނިކުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން ރޭގަނޑު 10:00ށް ޚިދުމަތް ލިބޭނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

މިގޮތުން، ހުންއައިސް ރޯގާގެ އަލާމަތްތައް ހުންނަ ފަރާތްތަކުން ހޮސްޕިޓަލުގެ މައި ދޮރާށިކައިރީގައި ބެހެއްޓިފައިވާ ސްކްރީން ޑެސްކަށް އައުމަށް އެ ހޮސޕިޓަލުންވަނީ އެދިފައެވެ. އަދި ކްލިނިކަށް އަންނައިރު، މާސްކް އެޅުމަށް ވެސްވަނީ އެދިފައިވެއެވެ. މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމުން އެބުރި އައުމަށްފަހު ހުން އައިސް ނުވަތަ ރޯގާގެ އެއްވެސް އަލާމަތެއް ހުރިނަމަ އަދި ސިއްހީ އެހީތެރިކަން ބޭނުންވާނަމަ ކުއްލި ފަރުވާދޭ ބައި، އީއާރް އަށް ގޮސް ޓްރަޔަޖް ޓޯކަން ނަންބަރަށް މަޑުނުކޮށް، ޓްރަޔަޖް ކައުންޓަރުގައި އިންނަ މުވައްޒަފަށް ރިޕޯޓު ކުރުމަށްވެސް ވަނީ އެދިފައެވެ.

އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި، ކުޑަ ކުދިންނާއި، މާބަނޑު މީހުން އަދި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަން ފަށާފައެވެ. ކޮންމެ އަހަރެއްގައި ވެސް ޙައްޖު މޫސުމަށްފަހު ހުމާއި، އެކިއެކި ރޯގާތައް ފެތުރޭ މިންވަރު އިތުރުވެގެންދެއެވެ. އެހެންކަމުން ޙައްޖުގެ އަޅުކަމަށް ގޮސްފައި އަންނަ މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމާއި، ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅޭ އިދާރާތަކުން އިލްތިމާސްކުރެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދުވަސްވަރު އަންނަނީ ރާއްޖޭގައި އެކިކަހަލަ ރޯގާތައްވެސް ފެތުރެމުންނެވެ.

ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ދުވަހަކަށް ބަހާލައިގެންނެވެ. އެއީ މޯލްޑިވިއަން އަދި ސައުދީ އެއާލައިންގެ ފްލައިޓްތަކުގައެވެ. ހުކުރުދުވަހުގެރޭ ފުރަތަމަ ގްރޫޕް އައިސްފައިވާއިރު، ދެން ހުރި ގްރޫޕްތައް މިއަދާއި، މާދަމާ އަދި އަންގާރަ ދުވަހު ރާއްޖެ އައުމަށް ވަނީ ތާވަލުކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: