ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރިއާގެ އެއްވެސް ޚިޔާލެއް ނެތީތޯ: ޖަމީލު

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް ކޮވިޑް-19 އިގެ ބިރު ބޮޑުވެ، ބަލި ފެތުރެމުންދާއިރު، ޑިފެންސް މިނިސްޓަރު މާރިއާ އަޙްމަދުދީދީގެ ޚިޔާލެއް ވެސް ނެތީތޯއޭ ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ޤާނޫނީވަކީލު މުޙައްމަދު ޖަމީލު އަޙްމަދު ސުވާލުއުފައްދަވައިފިއެވެ.

ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އިގެ ނުރައްކާތެރިކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގެ ހުރިހައި ޤައުމަކުން ވެސް ސިފައިންގެ އެހީހޯދާކަމަށެވެ. ޖަމީލު ވިދާޅުވީ ކޮވިޑް-19 އިގެ ބިރު ބޮޑުވެފައިވާ، މި ވަގުތުގައި ޑިޒާސްޓަރ ސެންޓަރ އޮޕަރޭޝަނަށް ގެނެސް، އެމްއެންޑީއެފުން ހަރަކާތްތެރިވާންވީ ވަގުތު އަދިވެސް ނާންނަނީތޯއޭ ވިދާޅުވެ ޖަމީލުވަނީ ސުވާލުއުފައްދަވާފައެވެ.

ދިވެހިރާއްޖެއަށް ކޮވިޑް-19 އިތުރުވަމުންދާ މި ދަނޑިވަޅުގައި އެމްއެންޑީއެފުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ގޮތުން އެމްއެންޑީއެފުންވަނީ ކޮވިޑް-19 އާއި ގުޅިގެން، ދިވެހިރާއްޖެއަށް ގެނައި ބޭސް ޝިޕްމެންޓް ގުދަންކުރުމުގެ މަސައްކަތްތަކުގައި ވެސް ހަރަކާތްތެރިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: