ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސްއާއި ގުޅިގެން އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް ލުއި ގޮތްތަކެއް!

ކޮރޯނާ ވައިރަސްއާއި ގުޅިގެން އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް ލުއި ގޮތްތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ރޯގާގެ ނުރައްކާ ދިވެހިރާއްޖެއަށް ވެސް ފޯރާފައިވާތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތަފާތު އެލާޓް ލެވަލްގައި އަމަލު ކުރާނެ އުޞޫލުތަކެއް ތަޢާރަފުކޮށްފިއެވެ.

މިގޮތުން، މިހާރު މިއޮތް ޔެލޯއެލާޓްގައި އޮޑިޓް ކުރުމަށް އޮފީސްތަކަށް ޒިޔާރަތް ކުރުމުގައި، ހޮސްޕިޓަލްތަކާއި ޕޯޓްތައް ފަދަ ބަލިފެތުރުމުގެ ބިރުވެރިކަން ބޮޑު ތަންތަނުގެ އޮޑިޓްކުރުމަށް އޮޑިޓަރުން ފީލްޑަށް ދިއުން މިހިނދަށް މަޑުޖައްސާލުމާއި، ވީވަރަކުން އޮފީހުން ބޭރުގައި ބާއްވާ މީޓިންތަކާއި، ޓްރޭނިންގތަކާއި ވިޒިޓްތައް މަދުކޮށްލުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަން ވަނީ ހަމަޖައްސާފައެވެ. އަދި މިހާރުން މިހާރަށްވެސް މުވައްޒަފުންގެ ތެރޭގައި ހިމެނޭ، ރިސްކު ލެވެލް ހައި ކެޓަގަރީ ކަމުގައިވާ، 55 އަހަރުން ފެށިގެން މަތީގެ މުވައްޒަފުންނާއި، މާބަނޑު އަންހެނުންނާއި، ފުއްޕާމޭގެ ބަލިތައް ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.

މީގެ އިތުރުން ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ އެ މުވައްޒަފަކު ސެލްފް އައިސޮލޭޓް ކުރުމަށް ގޭގައި މަޑުކުރުވާގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. އަދި ހަމަ އެއާއިކު، މުވައްޒަފުން ދެ ދުވަހަށްވުރެ ގިނަ ދުވަހު ސަލާމުގައި ހުންނަން ޖެހިއްޖެނަމަ މިހާރު ހުށަހަޅަންޖެހޭ މެޑިކަލް ސެޓްފިކެޓް ހުށަހެޅުން ވަގުތީގޮތުން ހުއްޓާލުންފަދަ ލުއިތަކެއްވެސް ވަނީ ހަމަޖައްސައިދީފައެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ އެޗް.އާރ.މެނޭޖަރ ވިދާޅުވިގޮތުގައި، މެޑިކަލް ސެޓްފިކެޓް ހުށަހަޅަންޖެހުމަކީ، މުވައްޒަފުން ހޮސްޕިޓަލްތަކަށް ދާންޖެހި، ބަލި ޖެހުމަށް މަގު ފަހިވެދާނެކަމެއް ކަމަށް ފެންނާތީ މިހިނދަށް އެކަން ނުކުރާގޮތަށް ނިންމީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުންނެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިގެނައި ބަދަލުތަކާއިއެކު ގޭގައި މަޑުކުރަންޖެހޭ މުވައްޒަފުން ގޭގައި ތިބެގެން އޮފީހުގެ މަސައްކަތްތައް ކުރެވޭނެ އިންތިޒާމު މިހާރުވަނީ ފަހިކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: