ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް19: ވޮލިންޓިޔަރުންގެ ގޮތުގައި މަސައްކަތް ކުރާނެ ލިސްޓެއް އެމްޑީޕީން ސަރުކާރަށް ހުށަހަޅައިފި

އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް: ފައި؛ް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގައި މަސައްކަތް ކުރާނެ ވޮލިންޓިޔަރުން ލިސްޓެއް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ފަރާތުން ސަރުކާރަށް ހުށަހަލައިފިއެވެ. 

ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަސް ސަރުކާރުން ކުރާ މަސައްކަތުގައި އެހީތެރިވުމަށް ކަމާއި ގުޅުންހުރި އެކިއެކި ދާއިރާތަކުގެ ބޭފުޅުންގެ ލިސްޓެއް އެމްޑީޕީގެ ފަރާތުން ސަރުކާރަށް ހުށަހަޅާފައިވާކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. 

ކޮރޯނާ ވައިރަސްއިންއަށް ޕްޒިޓިވްވެފައިވާ13 މީހުން މިހާތަނަށް ރާއްޖެއިން ފެނިފައިވާއިރު ކަމާ ގުޅުންހުރި މުއައްސަސާތަކުގެ އިސްބޭފުޅުންނާއިއެކު މަޖިލީހުގެ އިދާރާގައި މަޖިލީހުގެ ރައީސް ރައީސް ނަޝީދު ރޭ ބޭއްވި ބައްދަލު ކުރެއްވުމަސް ފަހު ޕާޓީތަކުގެ ލީޑަރުންނަށް ވާހަކަފުޅު ދެއްކެވުމަށް ދެއްވި ފުރުސަތުގައި އެމްޑީޕީގެ ޕީޖީ ލީޑަރު ވިދާޅުވީ 

ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ރަނގަޅު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަަމަށާއި މި ވަގުތަކީ އެންމެން އެކުގައި މަސައްކަތްކުރަންވީ ވަގުތު ކަަމަށެވެ. އެގޮތުން އާޒިމް ވިދާޅުވީ ސިއްހީ ހިދުމަތްތެރިންގެ އެހީތެރިކަމަށް ސަރުކާރުން ގޮވާލާފައިވުމުން އެމްޑީޕީން އިސްނަގައިގެން އެފަދަ ލިސްޓެއް އެކުލަވާލާފައިވާ ކަމަށާއި އަދި އެ ލިސްޓު މިހާރު ސަރުކާރަށް ހުށަހަޅާފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިދަނޑިވަޅަކީ ކެތްތެރިކަމާ އެކު ސަރުކާރުގެ އެންގުންތަކާ އެއްގޮތަށް އަމަަލުކުރަންވީ ވަގުތު ކަމަށެވެެ. ސިއްހީ ކުއްލި ހާލަތާ ގުޅިގެން ބުރަކޮށް މަސައްކަތްކުރަމުން އަންނަ ޑޮކްޓަރުންނާއި ނަރުހުން އަދި ސިފައިންނަށާއި ފުލުހުންނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

އެމްޑީޕީން ސަރުކާރަށް ވޮލަންޓިއަރުންގެ ލިސްޓެއް ހުށަހަޅާފައިވާ ކަމަށް އާޒިމް ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރަން ކުރާ މަސައްކަތައް މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައެވެ. އަދި އެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސްއާ މަޖިލީހުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: