ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕެރަޑައިސް ފިޔަވައި، ޤާސިމްގެ އެހެން ރިސޯޓުތައް ބަންދުކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމްގެ ވިލާ ގްރޫޕުން ހިންގަމުން އަންނަ ޕެރަޑައިޒް އައިލެންޑް ރިސޯޓް ފިޔަވައި އެހެން ރިސޯޓްތައް ބަންދުކުރަން ނިންމައިފިއެވެ.

ސަންގަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވިލާ ގްރޫޕުން ހިންގަމުން އަންނަ ރިސޯޓުތައް ބަންދުކުރަން ނިންމާފައިވަނީ ކޮވިޑް-19 އިގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުންނެވެ.

އެނގިފައިވާ ގޮތުގައި ވިލާ ގްރޫޕުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން، ސަން އައިލެންޑާއި ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑްގެ އިތުރުން ރޯޔަލް އައިލެންޑު ވެސް ވަގުތީ ގޮތުން ބަންދު ކުރަން ވަނީ ނިންމާފަ އެވެ.

ވިލާ ގްރޫޕްގެ އެންމެ ރިސޯޓެއް އޮޕަރޭޝަންގައި ބާއްވަން ނިންމާފައިވާއިރު،  ވިލާގެ ރިސޯޓު ތަކަކީ ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން މަސައްކަތް ކުރާ ތަންތަނެވެ. ނަމަވެސް ގިނަ އަދަދެއްގެ މުވައްޒަފުންނަށް ނޯޕޭ ލީވް ނަގަން ވެސް ވަނީ އަންގާފަ ކަމަށް މައުލޫމާތު ލިބިއެވެ.

ޕެރަޑައިސް ވިޔަވައި އެހެން ރިސޯޓުތައް ބަންދުކުރަން ވިލާއިން ނިންމިއިރު، މީގެ ކުރިން ވަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަތައް ވެސް ކުޑަ ކުރަން ވެސް ނިންމާފަ އެވެ.

ރާއްޖެ އަށް ޓޫރިސްޓުން އައުން މަދުވެގެން ދިއުމުމާއި ގުޅިގެން މި އަހަރު ލިބޭ ކަމަށް ކުރިން ބުނި އަދަދުގެ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރު އާއި 446.6 މިލިޔަން ޑޮލަރު އާ ދެމެދުގެ އަދަދަކަށް ގެއްލުމުގެ ބިރު އޮތުމެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކުރިޔާ ޚިލާފަށް ރާއްޖޭގެ އިގްތިސޯދުގެ ދުވެލި ބޮޑު ތަނުން ދަށްވާނެ އެވެ. ކުރިން ބެލިފައި ވަނީ އިގްތިސޯދީ ދުވެލި ހުންނާނީ 7.5 ޕަސެންޓުގައި ކަމަށެވެ. އެކަމަކު މިހާރުގެ ލަފާ ކުރުމަކީ ދުވެލި 0.5 އާއި މައިނަސް 5.6 ޕަސެންޓަށް ވެއްޓޭނެ ކަމެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: