ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށްޓަކައި އައިޖީއެމްއެޗުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަނީ

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް). ފޮޓޯ:ޑޮކްޓަރއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެގޮތުން، އައިޖީއެމްއެޗުން އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސްބަޔާނެއްގައިވަނީ، 17 މާޗް 2020 އިން ފެށިގެން، އެ ހޮސްޕިޓަލަށް ވަދެނިކުމެހަދާ ދޮރުތަކަށް ބަދަލުތަކެއް ގެނެވޭނެކަމަށެވެ. މި ގޮތުން، އިމަޖެންސީ ރޫމަށް ވަޑައިގަންނަވާ ބޭފުޅުން، ފުރަތަމަ ވަޑައިގަންނަވާނީ އިމަޖެންސީ ޕޯޓިކޯގައި ހެދިފައިވާ ޕްރައިމަރީ ޓްރީއާޖަށްކަމަށާއި، އެ ތަނުން ޓްރައޭޖްކުރުމަށްފަހު ޞިއްޙީ ހާލަތަށްބެލުމަށްފަހު، ފަރުވާހޯދަން ދެން ދާންޖެހޭތަނުގެ އިރުޝާދު އެ ތަނުން ލިބޭނެކަމަށެވެ.

މީގެ އިތުރުން، އައިޖީއެމްއެޗުން ބުނީ، އިމަޖެންސީ ރޫމަށް ވަނުމަށް ޢާންމުކޮށް ބޭނުންކުރާ ކޮރިޑޯ މިހާރު ބޭނުންނުކުރެވޭނެކަމަށާއި، ވޯޑުތަކަށާއި ނެޝަނަލް ކާޑއެކް ސެންޓަރަށް ވަނުމަށް ހަމަޖެހިފައިވާނީ ބޮޑުތަކުރުފާނު މަގުގައިވާ ދޮރޯށިންކަމަށާއި، ލެބޯޓްރީއަށް ވަނުމަށް ހަމަޖެހިފައިވާނީ ކަނބާއައިސާ ރަނި ހިނގުމުގައި ހުންނަ މައިދޮރޯށި ކަމަށެވެ.

މުޅި ދުނިޔެއަށް ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން އިތުރުވެފައިވާއިރު، އެ ވައިރަހަށް ޕޮޒިޓިވްވެފައިވާ ހަތް ފިރިހެނުންނާއި، ހަ އަންހެނުނާއިއެކު ޖުމްލަ ތޭރަ ބިދޭސީން ރާއްޖެއިން  ފެނިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: