ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ޚަރަދުތައް ކުޑަކޮށްދިނުމަށް މާލީ ވަޒީރު އެދިވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ދުނިޔޭއާ ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހަރަދުތަކުގެ ތެރެއިން މަހަކު 19.3 މިލިޔަން ރުފިޔާ ކުޑަކޮށްދޭން ސަރުކާރުން އެދިއްޖެ އެވެ.

ރާއްޖޭގެ އިގުތިސާދަށް ބޮޑު ލޮޅުމެއް އަންނާތީ ރައްޔިތުންގެ މަޖިލީހުގެ ޚަރަދުތައް ކުޑަކޮށް ދެއްވުމަށް އެދި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ މަޖިލީހުގެ އިދާރާއަށް ސިޓީފުޅެއް ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހަށް، ފިނޭންސް މިނިސްޓަރު ފޮނުއްވެވި ސިޓީގައި އެދިވަޑައިގެންފައިވަނީ ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ ލޮޅުމުގެ ސަބަބުން މަޖިލީހުގެ ހަރަދުން 19.3 މިލިއަން ރުފިޔާ ކުޑަކޮށްދިނުމަށެވެ.

މިނިސްޓަރު ސިޓީ ފުޅާއި ގުޅިގެން ހޯމާ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ހަރަދުތަކުން 19.3 މިލިޔަން ރުފިޔާ ކުޑަކޮށްދިނުން އެދި ފިނޭންސް މިނިސްޓަރު ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ އެއީ ކޮށްދެވޭނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، މިހާރު އެކައުންޓުތައް ބައްލަވައިގެން 19.3 މިލިއަން ރުފިޔާ އުނިކުރެވޭނެ ބައިތައް ހޯއްދަވައިދެއްވުމަށް މަޖިލީހުގެ ނައިބު ރައީސްގެ ފަރާތުން އެދިވަޑައިގެންފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރޭތީ ދުނިޔޭގެ އެކި ގައުމުތަކާއި ރާއްޖޭން އަޅާފައިވާ ފިޔަވަޅުތަކުގެ ސަަބަބުން ޓޫރިޒަމް އިންޑަސްޓްރީ އަށް ބޮޑެތި މައްސަލަތައް ކުރިމަތިވެ، ދައުލަތަށް ލިބޭ އާމްދަނީ ވަނީ ދަށަށް ދާން ފަށައިފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އަށް ޓޫރިސްޓުން އައި ވަރު މިދިޔަ އަހަރާ އަޅާބަލާއިރު 14.3 ޕަސެންޓުން ދަށަށް ދިޔަ ކަމަށާއި މާޗް މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި 22.8 ޕަސެންޓް ދަށްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ޓޫރިސްޓުން އަންނަ އަދަދު މިހާރު މަދުވަމުންދާ ގޮތަށް ކުރިއަށްދާ ނަމަ މި އަހަރު ދައުލަތަށް ލިބޭ އާމްދަނީން 2.5 ބިލިޔަން ރުފިޔާ އާއި 6.9 ބިލިޔަން ރުފިޔާއާ ދެމެދުގެ މިންވަރެއް މި އަހަރު މަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކޮރޯނާވައިރަހުން އަންނަ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ހަރަދުތައް ކުޑަކޮށްގެން ބަޖެޓުން އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރަން ސަރުކާރުން ވަނީ މީގެކުރިން ނިންމައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: