ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްލޮވޭނިއާއިން އެނބުރި އައިސް ޓްރެވެލް ފްލޫ ކްލިނިކަށް ދިޔަ ދިވެހި މީހާގެ ސާމްޕަލް ނަގާ ފަރުކޮޅުފުއްޓަށް!

ސްލޮވޭނިއާއިން އެނބުރި އައިސް ޓްރެވެލް ފްލޫ ކްލިނިކަށް ދިޔަ ދިވެހި މީހާގެ ސާމްޕަލް ނަގާ ފަރުކޮޅުފުއްޓަށް!
ޝެއާރކޮށްލާ ކަހަލަދޯ؟

ސްލޮވޭނިއާއިން އެނބުރި ރާއްޖެ އައި ދިވެއްސަކު، ޓްރެވެލް ރިލޭޓެޑް ފްލޫ ކުލިނިކަށް ދެއްކިއިރު ކޮރޯނާ ވައިރަސްއަށް ޝައްކުވާ އަލާމާތްތަކެއް ފެންނާތީ އޭނާގެ ސާމްޕަލްތައް ނަގާ ފަރުކޮޅުފުއްޓަށް ބަދަލުކުރެވިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ވައިރަސްގެ އަލާމާތްތަކެއް ފެނުނު އެ ދިވެހި މީހާ ސްލޮވޭނިއާއިން ރާއްޖެ އައިސްފައިވަނީ ކޮން ދުވަހަކު ކަމެއް އަދި ހާމައެއް ނުކުރެއެވެ. ބޭރު ގައުމަކުން އައި ދިވެއްސެއް ކްލިނިކްއަށް ދެއްކިއިރު ޝައްކުވާ އަލާމާތްތަކެއް ހުރިކަން މިރޭގެ ޕްރެސްކޮންފަރެންސްގައި ވެސް ވަނީ ހާމަކޮށްފައެވެ. އެއަށްފަހު އެޗްޕީއޭއިން ވަނީ އޭނާގެ ސާމްޕަލްތައް ނެގުމަށްފަހު މިރޭގެ ވަގުތެއްގައި ފަރުކޮޅުފުއްޓަށް ބަދަލުކޮށްފައިވާކަން ހާމަކޮށްފައެވެ. އަދި އޭނާގެ ޓެސްޓުގެ ނަތީޖާ ލިބެންދެން ހުންނާނީ އެ ރަށުގެ އައިސޮލޭޝަންގައެވެ.

 

https://twitter.com/HPA_MV/status/1239638843143290881

ކޮރޯނާ ވައިރަހާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު، މަބުރޫކު އަޒީޒް ވިދާޅުވީ އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ވަނީ ފަށާފައިވާ ކަމަށެވެ.

މެލޭޝިއާގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު މިރޭގެ ނިޔަލަށް 253 އަށް އަރައެވެ. އަދި އެ ވައިރަހަށް މިއަދު އެ ގައުމުން 34 މީހަކު ޕޮޒިޓިވް ވިއެވެ. ވައިރަސް ޖެހުނު މީހުންގެ ތެރެއިން 3 މީހެއްގެ ހާލު ކްރިޓިކަލް ނުވަތަ ގޯސްކަމަށް ދައްކައެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަންނަތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: