ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެލިކޮޕްޓަރު ވައްޓާލި މައްސަލައިގައި ޓްރަމްޕް: އީރާނަށް ހަރުކަށި ރައްދެއް ދޭނަން!

އެމެރިކާގެ ރައީސް ޑޮނާޑް ޓްރަމްޕް / ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހޮރްމޫޒް ކަނޑުއޮޅި ކައިރިން އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރެއް ވައްޓާލި މައްސަލައިގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ވަރުގަދަ ތުހުމަތުތަކެއް ކުރައްވައި، ހަރުކަށި ރައްދެއް ދޭނެކަމުގެ އިންޒާރު ދެއްވައިފިއެވެ.

އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން، އީރާނުން ބަންދުކޮށްފައިވާ ހޮރުމޫޒު ކަނޑުގެ ސަރަހައްދަށް، އެމެރިކާގެ ’އަޕާޗޭ‘ މަރުކާގެ ހެލިކޮޕްޓަރެއް އިއްޔެ ވެއްޓުނު ނަމަވެސް، އޭގައި ތިބި ދެ ސިފައިން ވަނީ ސަލާމަތްކޮށްފައެވެ.

މި ދެ ސިފައިން ސަލާމަތްކުރުމަށް ބޭނުންކޮށްފައިވަނީ އިންސާނަކާ ނުލައި ދުއްވާ އުޅަނދެއް ނުވަތަ ޑްރޯން ބޯޓެކެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ، ހާދިސާގައި ހިމެނޭ ދެ ސިފައިންގެ ހާލުވެސް ރަނގަޅު ކަމަށާއި އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

”އެހެންނަމަވެސް، މި ހަމަލާއަށް އެމެރިކާއިން ކޮންމެހެންވެސް ރައްދު ދޭންޖެހޭނެ،“ ޓްރަމްޕްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ، އީރާނާއި އިސްރާއީލާ ދެމެދު ކުރިން އިއުލާނުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ބުރޫއަރައި، ދެ ގައުމުގެ މެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންދާ ނުތަނަވަސް ދަނޑިވަޅެއްގައެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުގެ ވައިގެ ދިފާއީ ބާރުގެ ދެ މެންބަރަކު ވަނީ މަރުވެފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމާ ގުޅިގެން، ދުނިޔޭގެ އިގްސާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލި، ކާބޯތަކެތި ހިމެނޭހެން އާންމު ޒަރޫރީ ތަކެތީގެ އަގުތައް ވަނީ އިންތިހާއަށް މަތިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: