ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑު ރައީސް ސޯލިހާ އިދިކޮޅެއް ނުވާނަން: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އިދިކޮޅަށް ވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވައިގެން އުޅުއްވާ ނަޝީދު ކެމްޕެއިނަށް ނ. ހޮޅުދޫއަށް ވަޑައިގެން ވިދާޅުވީ އެމްޑީޕީ އަލުން ރުކުރުވާލެވޭނެ ކަމަށާއި އެހެން ނަމަވެސް އެއީ އެކަނި ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އިންތިހާބަށް ފަހު ޕާޓީގެ އެހެން ލީޑަރުންނާ އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ވެސް މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑަށް ގަބޫލުކުރެވޭ ރައީސް ސޯލިހު ވެސް އަޅުގަނޑުމެންނާއެކު މަސައްކަތް ކުރައްވާނެ. އަދި ބާކީ ތިއްބެވި ލީޑަރުން، ޝާހިދު ވެސް މަސައްކަތް ކުރައްވާނެ. އަޅުގަނޑު ރައީސް ސޯލިހާ އިދިކޮޅު ނުވާނަން،“

ރައީސް ނަޝީދު ވިދާޅުވީ 1800 އެއްހާ ގެއަށް އަދި 81 ރަށަށް ވަޑައިގެންނެވުމުން މިއަދު ރާއްޖޭގެ ހާލަތު ފެނިވަޑައިގެންފި ކަމަށާއި ރައްޔިތުން އުޅެމުންދާ ހާލަތު އެނގެވަޑައިގަންނަވާ ކަމަށެވެ. ނަޝީދު ވިދާޅުވީ އެ ހާލަތު ބަދަލު ކުރައްވާނެ ސިޔަސަތެއް ސަރުކާރުގައި ނެތް ކަމަށެވެ.

ސަރުކާރުކާރުގެ ސިޔާސަތައް ފާޑުވިދާޅުވެ ނަޝީދު ވިދާޅުވީ މިއަދު ރާއްޖެ ދަރިނިވެރިވެފައިވާ ކަމަށާއި އެެހެންނަމަވެސް އެކަމަށް ސަރުކާރުގެ ހައްލެއް ނެތް ކަމަށެވެ. ސަރުކާރުގެ އެފަދަ ސިޔާސަތެއް ނެތްކަން ހާމަވަނީ ފިނޭންސް މިނިސްޓަރުކަމުން އެތައް ބޭފުޅުންނެއް އިސްތިއުފާ ދެއްވާފައިވުމުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދު ދެބަސްވުން އުފެދި ނަޝީދު މީގެ ކުރިން އެމްޑީޕީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދެވި ނަމަވެސް، އަލުން އެމްޑީޕީއާ ގުޅިވަޑައިގެން އެމަނިކުފާނު ގެންދަވަނީ ޕާޓީގެ ލީޑާޝިޕަށް ވާދަކުރައްވަމުންނެވެ.

މިދިޔަ މަހު އެމަނިކުފާނާއި ރައީސް ސޯލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގުޅިގެން މަސައްކަތް ކުރައްވާނެކަން ވެސް އިއުލާނުކުރެއްވިއެވެ. ނަމަވެސް، އެ ފަހުން ވެސް ޗެއާޕާސަންގެ ކެމްޕެއިނުގައި ނަޝީދާއި ސޯލިހު އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ދެއްވައި ބަހުގެ ހަމަލާތައް ބަދަލުކުރެއްވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: