ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ކޮންޓްރޯލެއް މި ސަރުކާރަކު ނެތް: އަފީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ބޭފުޅަކަށް ވިޔަސް މިސަރުކާރުގައި އެމްޑީޕީގެ ކޮންޓްރޯލެއް ނެތްކަމަށް ވިލިފުށީ ދާއިރާގެ މެންބަރު ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ މި ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެކޭ ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި މިސަރުކާރަކީ ކޯލިޝަންގެ ސަރުކާރެއް ކަމަށް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓަކީ އެމްޑީޕިގެ ބޭފުޅަކަށްވުމުން މިއަދު ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއްގެ ގޮތުގައި ޤަބޫލު ކުރުމަކީ ވަރަށް ބޮޑު އޮޅުމެއް ކަމަށެވެ. އަފީފް ވިދާޅުވީ ސަރުކާރުން އެމްޑީޕީއަށް ލިބިފައި އޮތީ %40 ކަމަށާއި، ބާކީ އޮތް %60 އަކީ އެމްޑީޕީއާއި ތަފާތު ފިކުރުތައް ކަމަށެވެ.

”އަޅުގަނޑުމެނަށް ވަރަށް ބޮޑަށް މިއަދު އޮޅިފަ އޮންނަކަމެއް އެއީ އަޅުގަނޑުމެންގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އަކަށްވީމަ މިއަދުގެ ސަރުކާރަކީ އެއީ އެމްޑީޕީ ސަރުކާރޭ ބުނޭ އެންމެންވެސް. އެކަމަކު އަޅުގަނޑުމެން މި އެމްޑީޕީގެ ކޮންޓްރޯލެއް ނެތް މި ސަރުކާރަކު” އަފީފް ވިދާޅުވިއެވެ.

މީގެ އިތުރުން އަފީފް ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައީސުލް ޖުމްހޫރިއްޔާ ކަންތައްތައް ކުރައްވަނީ ރައްޔިތުންނަށް އެންމެ ލާބައާ މަންފާ ހުރި ގޮތްތަކަށް ކަމަށެވެ.

އަފީފް ވިދާޅުވީ ކޮރޯނާ ވައިރަހާއި ގުޅިގެން، ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުން އަންނަ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބޮލުގައި އެޅިފައިވާ މައްސޫލިއްޔަތުވެސް އެންމެ އެކަށީގެންވާ ގޮތުގައި އަދާކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މި ވަގުތަކީ ސިޔާސީ ގޮތުން އުފެދިފައިވާ ތަފާތު ފިކުރުތައް ނައްތާލާ، ގައުމަށް ދިމާވެފައިވާ ކަންތައްތަކުން އަރައިގަތުމުގެ މަސައްކަތް ކުރަންވީ ދަނޑިވަޅު ކަމަށް އަފީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: