ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސްއަށް ޕްޒިޓިވްވި މީހާ ފުރުވާލި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންނަށް ގޮންޖެހުންތަކެއް އެބަހުރި: ޕީޖީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިޔާ ފުރި މައްސަލަތަހުގީގު ކުރުމުގައި ގޮންޖެހުންތައް ހުރި ނަމަވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. 

ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިންވެސްޓި ގޭޓަރުންނާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި މިވަގުތު ކުރިއަށް ދަނީ ކަން ހިނގައިދިޔަ ގޮތް އޮޅުންފިލުވުމަށް މައްސަލައާ ގުޅުންހުރި ހުރިހާ ފަރާތަކުން މައުލޫމާތު ސާފުކުރުން ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ އެ މަސައްކަތް ކުރުމަށް ފުލުހުންނަށް ގޮންޖެހުންތަކެއް ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެ މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ލިބުމާއެކު ގޮތެއް ނިންމަވާނެ ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އިޓަލީއަށްދިޔަ ފަހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ފަތުރުވެރިޔާ ރާއްޖެއިން ފުރައިގެން ދިޔުމުގައި ތުހުމަތުވާ ކަންތައްތަކެއް ހުރުމުން އެކަން ތަހުގީގު ކުރަން ފުލުހުން ވަނީ ފަށާފައެވެ. ފުލުހުން މިކަން ތަހުގީގުކުރަން ފަށާފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އެކަމަށް އަމުރު ކުރެއްވުމާ ގުޅިގެންނެވެ.

ފުލުހުން ބުނީ، 23 ފެބްރުއަރީގައި ރާއްޖެ އައި އެ ފަތުރުވެރިޔާގެ ގައިން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނި، ބަލިހުރިކަން ދެނެގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުލިބި އޭނާ ފުރައިގެން ގޮސްފައިވުމާއި އެކަމުގެ ސަބަބުން ކޮވިޑް 19 ރާއްޖޭގައި ފެތުރުމުގައި އެ ފަތުރުވެރިޔާގެ މައްސަލަ އަންގަންޖެހޭ ފަރާތްތަކަށް ނާންގައި، އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި ފަރުވާކުޑަކޮށް އިހުމާލުވެފައިވޭތޯ ބެލުމަށް އެ މައްސަލަ މިއަދު ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: