ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިރާގު މަމެން ކަސްޓަމަރުންނަށް ލުޔެއް ދިނުމަށް ނިންމާފައިވާ ކަމަށް ދިރާގުން ހާމަކޮށްފިއެވެ.
އެގޮތުން ދިރާގުގެ މަމެން ކަސްޓަމަރުން މި މަހު ނަގާ މަމެން ޑޭޓާ އެޑް-އޮން ތަކުން 50 ޕަސެންޓް ޑިސްކައުންޓް ދިނުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.
ކޮވިޑް 19 އާ ގުޅިގެން ދިރާގުން ދަނީ ކަސްޓަމަރުންނަށް އެކި ގޮތް ގޮތުން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، ދިރާގުން ވަނީ އެ ކުންފުނީގެ މޯބައިލް ކަސްޓަމަރުންނަށާއި، ރެސިޑެންޝަލް އަދި ވިޔަފާރި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށްވެސް ލުއި ފަސޭހަތަކެއް ފޯރުކޮށްދީފައިއެވެ.
މީގެއިތުރުން ގޭގެ އިންޓަނެޓް ޕެކޭޖްތަކަށް 30 ޕަސެންޓް އިތުރު ޑޭޓާ ވަނީ މިހާރު ދީފައިވާއިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އާއި ޕްރީޕެއިޑް ކަސްޓަމަރުންގެ މަންތްލީ ޑޭޓާ ބަންޑަލްތަކުން 30 ޕަސެންޓް ޑިސްކައުންޓް ވަނީ ދީފަ އެވެ. މީގެ އިތުރުން ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަންތްލީ ރެންޓަލްއިން 25 ޕަސެންޓް ޑިސްކައުންޓް ދޭން ދިރާގުން ވަނީ ނިންމާފަ އެވެ.

