ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 ގެ ބައިބައިވުން ނިމުމަކަށް އައިސްފި، އާންމު މެމްބަރުން ބުނީ އެ މައްސަލަތަށް ދޫކޮށްލުމަށް: ފައްޔާޒް

ބޮޑޫ ބަދަލު ކެމްޕެއިން ނިންމާލުމުގެ ޕެރޭޭޑުގެ ތެރެއިން ރައީސް ނަޝީދާއި ފައްޔާޒު އިސްމާއިލް -- ފޮޓޯ: ހުސެއިން ޝަފީއު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގައި 2023 ވަނަ އަހަރު އުފެދުނު ބައިބައިވުންތަކާއި މައްސަލަތައް މިހާރު ނިމުމަކަށް އައިސްފައިވާކަން އިންތިހާބުގެ ނަތީޖާއިން އެނގިގެން ގޮސްފައިވާކަމަށް ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ދޮޅު މަސް ދުވަހުގެ ކެމްޕެއިނަކަށް ފަހު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބޮޑު ތަފާތަކުން މިއަދު ކާމިޔަބު ކުރެއްވީ ރައީސް މުހައްމަދު ނަޝީދެވެ. އަދި ކާމިޔާބީ ފާހަގަކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި އޮތް އެއްވުމުގައި ”ސަންގު“ އަށް ފައްޔާޒް ވިދާޅުވީ، ޕާޓީގެ ތެރޭގައި އުފެދުނު ދެބަސްވުންތައް ނިމިފައިވާކަން މިހާރު ވަރަށް ސާފުވެފައިވާ ކަމަށާއި، މިއީ އޭނާއަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ އާންމު މެންބަރުންގެ ފަރާތުން މިހާރު ފެންނަމުންދަނީ މާޒީގައި ހިނގާފައިވާ ކަންކަން ދޫކޮށްލުމަށްފަހު އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ދިއުމުގެ ރޫހެވެ.

އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ. އަދި އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ އަޅުގަނޑުމެންގެ އެތެރޭގައި 2023 ގައި ޖެހުނު މައްސަލަ އެކަން ނިމުނީކަން ވަރަށް ސާފުވެއްޖެ. އެމްޑީޕީގެ މެންބަރުން ބުނެފި، އެބައި ފަހަރަށް ދޫކޮށްލާށޭ، ކުރިއަށް ބާރަ ވަރުގަދަ ލީޑަރޝިޕަކާއިއެކު އެކުގައި ކުރިޔަށް ގޮސް. މި ގައުމު ސަލާމަތްކޮށްދޭށޭ. އެއީ އަޅުގަނޑަށް މީގެން ލިބޭ މެސެޖަކީ.

ފައްޔާޒް އިތުރަށް ވިދާޅުވި ގޮތުގައި، ޕާޓީގެ މެންބަރުންގެ މެސެޖަކީ ވަރުގަދަ ލީޑަރޝިޕަކާއެކު ކުރިއަށް ގޮސް، މި ގައުމު މިހާރު އޮތް ހާލަތުން ސަލާމަތްކޮށްދިނުމެވެ. އެމްޑީޕީގެ މެންބަރުން އެދެނީ އެކުވެރި ލީޑަރޝިޕަކާއެކު ޕާޓީ ކުރިއަށް ގެންގޮސް، ޒިންމާ އަދާކުރުމަށްކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: