ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު ބައެއް ސާމްޕަލްތަކުގެ ނަތީޖާ، ހުރިހާ ޓެސްޓެއް ވެސް ނެގެޓިވް!

އިތުރު ބައެއް ސާމްޕަލްތަކުގެ ނަތީޖާ، ހުރިހާ ޓެސްޓެއް ވެސް ނެގެޓިވް!
ޝެއާރކޮށްލާ ކަހަލަދޯ؟

ނުރައްކާތެރި ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ މި ދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން ވައިރަސް ފެނިފައިވާއިރު ޓެސްޓު ކުރި އިތުރު ބައެއްގެ ނަތީޖާތައް ނެގެޓިވެފައިވާކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ރާއްޖޭގައި ކޮރޯޏާ ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފައިވާއިރު، ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި މި ކާވްއަށް އެއްވެސް ބަދަލެއް އައިސްފައި ނުވެއެވެ. އަދި އޭގެ ފަހުން ޓެސްޓު ކުރި ހުރިހާ ބިދޭސީން އަދި ދިވެހިންގެ ނަތީޖާތައް ވަނީ ނެގެޓިވް ވެފައެވެ.

ކޮރޯނާ ވައިރަސްއަށް ކިރިޔާވެސް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހެއްނަމަ، ޓެސްޓު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އައި ބައެއް ދިވެހިންގެ ފަރާތުން އަލާމާތަތަކެއް ފެނިގެން އެކަން ސަރުކާރުން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ހަތް ދިވެއްސެއް އެކަހެރިކޮށްފައިވެއެވެ. އަދި އެ މީހުންގެ ސާމްޕަލްތައް އަންގާރަ ދުވަހު ވަނީ ނަގާފައެވެ.

ބުދަ ދުވަހުގެ ނިޔަލަށް ލިބިފައިހުރި ޓެސްޓުތަކުގެ ނަތީތައް އާއްމުކޮށް އެޗްޕީއޭއިން ބުނެފައިވަނީ ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ގިލި ލަންކަންފުށި ރިސޯޓުން ނެގި 2 ބިދޭސީންގެ ސާމްޕަލްގެ ނަތީޖާތައް ނެގެޓިވެފައިވާކަމަށެވެ. އަދި އެ ރިސޯޓުގެ ވަނީ މޮނިޓަރިންގްގެ ހާލަތުން އާއްމު ހާލަތަކަށް ބަދަލު ކުރެވިފައިވާކަމަށް ވަނީ ބުނެފައެވެ.

ވައިރަސްއަށް ޝައްކު ކުރެވޭ އަލާމްތްތަކެއް ހުރެގެން އއ. މަތިވެރީގެ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ދެ ފަރާތެއްގެ ސާމްޕަލް ނެގިއެވެ. އެޗްޕީއޭއިން ވަނީ އެ ދެ ނަތީޖާތައް ވެސް ނެގެޓިވްވެފައިވާކަން ފާހަގަކޮށް މަތިވެރި އާއްމު ހާލަތަކަށް ގެނެވިފައިވާކަމަށް ބުނެފައެވެ.

https://twitter.com/HPA_MV/status/1240361869723832321

މީގެ އިތުރުންޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އަނަންތަރާ ކިހަވަށް ރިސޯޓުން ނެގި ބިދޭސީގެ ސާމްޕަލްގެ ނަތީޖާތައް ވެސް ވަނީ ނެގެޓިވް ވެފައެވެ. އެ ރަށްވެސް އެޗްޕީއޭއިން ވަނީ އާއްމު ހާލަތަކަށް ގެނެސް އަރާ ފޭބުން ހުޅުވާލާފައެވެ.

https://twitter.com/HPA_MV/status/1240362344430964737

މައި ސްކައިނަމަކަށް ކިޔާ ސަފާރީއެއްގައި ޗުއްޓީ ހޭދަކުރަމުންދާ ދެ ފަތުރުވެރިއެއްގެ ފަރާތުން ކޮރޯނާއަށް ޝައްކު ކުރެވޭތީ ސާމްޕަލް ނެގި މީހުންގެ ޓެސްޓުތައް ވެސް ވަނީ ނެގެޓިވްވެފައެވެ.

https://twitter.com/HPA_MV/status/1240365562154254336

އެޗްޕީއޭއިން ވަނީ ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ގިލި ލަންކަންފުށި ރިސޯޓުން ނެގި 2 ބިދޭސީންގެ ސާމްޕަލްގެ ނަތީޖާވެސް ނެގެޓިވް ވެފައިވާތީ އެ ރިސޯޓު އާއްމު ހާލަތަކަށް ގެނެސްފައިވާކަމަށް ބުނެފައެވެ. އަދި އަލާމާތްތައް ހުރެގެން ފުރަވެރި އައިލެންޑް ރިސޯޓުން ނެގި 2 ބިދޭސީންގެ ސާމްޕަލްގެ ނަތީޖާ ނެގެޓިވް އެވެ.

https://twitter.com/HPA_MV/status/1240361498871881728

މިރޭ އިތުރަށް ޝައްކު ކުރެވޭ އާލާމާތްތަކެއް ބިދޭސީއެއްގެ ފަރާތުން ފެނިގެން މޮނީޓަރިން ހާލަތަކަށް ގެނެސްފައިވަނީ ޝެވަލް ބްލޮންކް ރަންދެލިއެވެ. އެ ރަށުން ފެނުނު ބިދޭސީ މީހާގެ ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް އެޗްޕީއޭއިން ވަނީ ފަށާފައެވެ. 

https://twitter.com/HPA_MV/status/1240378278554132480

ރާއްޖޭގައި ވައިރަހަށް ޕޮޒިޓިވެފައިވަނީ ބިދޭސީންނެވެ. އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހުންގެ އިތުރުން ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ. ވައިރަސްއަށް ޕޮޒިޓިވް ވީ 13 މީހުންގެ ތެރެއިން 9 މީހުން ނިސްބަތް ވަނީ އިޓަލީއަށެވެ. އަދި ތުރުކީ، ޖަރުމަން ވިލާތާއި ދެކުނު އެފްރިކާގެ އިތުރުން އިނގިރޭސި ވިލާތް މިއިން ކޮންމެ ގައުމަކަށް ވެސް ނިސްބަތްވާ އެކަކު ވަނީ ފެނިފައެވެ. ޕޮޒިޓިވް ވީ މީހުންގެ ތެރޭގައި ހިމެނެނީ 6 ފިރިހެނުންނާއި 7 އަންހެނުންނެވެ.

ވައިރަސް ފެތުރިޔަ ނުދިނުމަށްޓަކާ އަޅާ ފިޔަވަޅުތަކުގެ ދަށުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށް އިއުލާނުކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: