މިހާރު މުޅިދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން މާލޭ ސަރަޙައްދުގައި ޖަމާޢަތުގެ ނަމާދު ވަގުތީ ގޮތުން މެދު ކަނޑާލުމާއި ގުޅިގެން ރާއްޖޭގެ ބައެއް ދީނީ ޢިލްމު ވެރިން އެބޭފުޅުންގެ ބަސް އިއްވައިފިއެވެ.
ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ޢިލްމުވެރިންގެ މަޝްވަރާގެ މަތިން އިސްލާމިކް މިނިސްޓަރ އެޅުއްވި ފިޔަވަޅަކީ ޝަރުޢީ ހަމަތަކާއި އެއްގޮތަށް އަޅުއްވާފައިވާ ފިޔަވަޅެއްކަމަށެވެ. ވީމާ އެންމެހާ ރައްޔިތުން އެއިރުޝާދާ އެއްގޮތަށް ޢަމަލު ކުރެއްވުން އިލްމްވެރިން ވަނީ އެދިވޑައިގެންފައެވެ.
އެގޮތުން މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޝެއިހް އަލީ ޒައިދްވެސް ވަނީ އެކާމާއި ގުޅިގެން ޓްވީޓެއް ކުރައްވާފައެވެ. އެޓްވީޓްގައި ވަނީ އިސްލާމިކް މިނިސްޓްރީ އިން އެޅުއްވި ފިޔަވަޅަކީ ލޮކްޑައުން ކުރާ ސަރަހައްދު ތަކުގައި މިހާލަތުގައި އަޅަން ޖެހޭ ފިޔަވަޅެއްކަމަށާއި މުނާސަބު ފިޔަވަޅެއް ކަމަށެވެ. ނަމަވެސް މީގެ މާނައަކީ ނަމާދު ނުކޮށް ތިބޭށޭ ނޫންކަމާއި ކޮންމެ ބޭފުޅަކުވެސް ނަމާދު ކުރަން ވާނެ ކަމަށާއި އެއްވެސް ބޭފުޅަކު ބޭފުޅަކު ނަމާދެއް ދޫނުކުރެއްވުމަށެވެ.
މިކަމާއި ގުޅިގެން ދުކްތޫރު މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެފައި ވަނީ މާލެ ސަރަހައްދާއި ރިސޯޓް ތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަގުތީ ގޮތުން މިސްކިތްތަކުގައި ޖަމާޢަތް ހެދުން މަޑު ޖައްސާލުމަށް އިސްލާމިކް މިނިސްޓްރީ އިން ނިންމި ނިންމުމަށް ތާއީދުކޮށް އެނިންމުން ދެމެހެއްޓުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނުގެ އެހެން ޓުވީޓެއްގައި ވަނީ ގޭގައި ނަމާދު ޤާއިމް ކުރުމަށާއި ﷲއަށް ދުޢާ ކުރުމާއި މިވަބާއިން އިސްލާމީ އުންމަތާއި އެންމެހާ އިންސާނުން ސަލާމަތް ކޮށްދެއްވުމަށް ﷲއަށް ދަންނަވާށެވެ. މިސްކިތް ތަކުގައި ބަންގި ނުހުއްޓޭނެ ކަމަށާއި ބަންގި ގޮވުމުގައި ގޭގައި ނަމާދު ކުރުމަށް ގޮވާނެ ކަމަށެވެ.
މިފަދަ ނާޒުކު ދަނޑިވަޅެއްގައި ސަރުކާރުން ނިންމަވާ ނިންމެވުންތަކަށް އެއްބާރުލުން ދިނުމަކީ އެންމެހާ މީސްތަކުނަށް އެންމެ ރައްކާތެރިކަން ބޮޑު ގޮތެވެ. އިސްލާމީ ޝަރީޢަތުގައި އޮތް ގޮތް އަންގަވައި ދެއްވާ ޢިލްމުވެރިން ދެއްވާޢިރުޝާދު ތަކުގައި ހިއްޕެވުމީ އެންމެނަށް ވެސް ފައިދާ ކުރާނެ ގޮތެވެ. އަދި ސިއްޙަތަށް ގެއްލުންދޭ ނުރައްކާތެރި ބަލި މަޑު ކަމެއް ފެތުރެމުންދާ މިފަދަ ދަނޑި ވަޅެއްގައި ސިއްޙި މާހިރުން ދެއްވާ އިރުޝާދު ތަކާއި އެއްގޮތަށް ޢަމަލު ކުރެއްވުން ބުއްދިވެރިއެވެ.

