ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުރުނަމާދުގެ ބަދަލުގައި މިއަދުކުރާނީ މެންދުރު ނަމާދު: އިސްލާމިކް މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއާއި ވިލިމާލެއާއި ހުޅުމަލޭ ސަރަޙައްދުގެ ރައްޔިތުންމިއަދު ހުކުރު ނަމާދުކުރުމުގެ ބަދަލުގައި، މިއަދު ކުރާނީ މެންދުރު ނަމާދުކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

 

 

https://twitter.com/MVIaffairs/status/1240666899072991232?s=20

އިސްލާމިކް މިނިސްޓްރީން ރޭ ކުރި ޓްވީޓެއްގައިވަނީ، ހުކުރު ނަމާދާއި، ޢީދު ނަމާދާއި، ކޭތަ ނަމާދާއި، އިސްތިސްޤާ ނަމާދު ފަދަ ޝިޢާރުތައް ޤާއިމުކުރުމަކީ ޝަރީޢަތުގައި ޙާކިމާއާ މަތިކުރެވިގެންވާ ޒިންމާއެއްކަމަށެވެ. މީގެ އިތުރުން، އިސްލާމިކް މިނިސްޓްރީން ހާމަކުރާގޮތުގައި، ކޮވިޑް-19 އާއި ގުޅިގެން އެ މިނިސްޓްރީން 18 މާޗްގައި ނެރުނު ސަރކިއުލާއާއި އެއްގޮތްވާގޮތުގެ މަތިން މާލެއާއި، ހުޅުމާލެއާއި ވިލިމާލޭގައިއުޅޭ ރައްޔިތުން މާޗް 20 ވާ ހުކުރުދުވަހު ގޭގައި ކުރާނީ 4 ރަކުޢަތުގެ މެންދުރު ނަމާދުކަމަށެވެ.

ކޯވިޑް-19 ދިވެހިރާއްޖޭގައި ފެތުރެމުންދާތީ، ވޭތުވެދިޔަ ބުދަ ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ޢަޞުރުނަމާދާއި ހަމައަށް
މާލެއާއި، ވިލިމާލެއާއި، ހުޅުމާލެއާއި، ރިސޯޓުތަކާއި، ސަރުކާރުން ލޮކްޑައުންކުރާ ރަށްތަކުގެ މިސްކިތްތަކުގައި ފަރުޟު ނަމާދުތަކާއި، ހުކުރު ނަމާދު ޖަމާޢަތުގައި ނުކުރާގޮތަށް އިސްލާމިކް މިނިސްޓްރީންވަނީ ނިންމަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: