ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ކެފޭތަކާއި ރެސްޓޯރެންޓްތައް އާންމުންނަށް ބަންދު، ޓޭކްއަވޭ ހެއްދޭނެ!

މާލޭގެ ކަލާފާނު ހިނގުމުގައި ހުންނަ ކިންގްސް ލޯންޖް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ގައުމިތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއާއި ގުޅިގެން، ރާއްޖެއިން ވެސް އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުގެ ދަށުން މާދަމާ ރޭ މެންދަމު 12:00 އިން ފެށިގެން މާލެ ސަރަހައްދުގެ ސައިހޮޓާ ކެފޭ ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަންދުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މިކަން ހާއްމަ ކުރައްވާ ފައްޔާޒް ކުރެއްވި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާބޯތަކެތީގެ ހިދުމަތް ދޭ ހުރިހާ ތަނެއް ބަންދުކުރި ނަމެވެސް ޓޭކްއަވޭ ހިދުމަތް ކުރިއަށް ގެންދެވޭ ކަމަށެވެ. އަދި އެކަމާއި ބެހޭ އިތުރު މައުލޫމާތުތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރއްވަމުން ގެންދަވާނެކަމަށްވެ.

 

https://twitter.com/faya_i/status/1240897987687022593

ރައްޖޭގެ ތާރީހުގައި ފުރަތަަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، ރައްޖޭއިން ވައިރަަހަށް ޕޮޒިޓިވް ވެފައިވަނީ ފަތުރުވެރިކަމުގެ ހިދުމަތްދޭ ރިސޯޓުތަކަށް އައި ފަތުރުވެރިންނެވެ. އަދި އޭގެ އިތުރުން އެ މީހުންނާއި ކޮންޓެކްޓުވީ ބައެއް ބިދޭސީން ހިމެނެއެވެ.

ބަލި އާއްމުންގެ ތެރެއަށް އުފަންވުން ހުއްޓުވުމަށްޓަކާ އަޅާ ފިޔަވަޅުތައް ދަނީ ދުވަހުން ދުވަހަށް ވަރުގަަދަ ކުރަމުންނެވެ. އެގޮތުން މީހުން އާއްމުކޮށް އެއްވާ ތަންތަންކަމަށްވާ ޕާކުތަކަށް އެއްވުން ވަނީ މަނާ ކުރެވިފައެވެ. އަދި ސްކޫލުތަކާއި، ކޮލެޖް ޔުނިވާސިޓީތަކުގެ އިތުރުން ސަރުކާރުގެ އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. އެއަށްފަހު ސަރުކާރުން އެންމެ ބޮޑަށް ދެމުންގެންދާ އިރުޝާދަކީ ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުމެވެ. އޭގެ އިތުރުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލައި، ހުކުރު ނަމާދު ވެސް ނުކުރާ ގޮތަށް ނިންމައިފަ އެވެ. އެހެން ނަމަވެސް މާލޭގެ މަގުތަކުގައި މީހުން އުޅޭވަރު އަދި ވެސް މާބޮޑުތަކުން މަދުވެފައިނުވާތީ ފުލުހުން ވެސް ވަނީ ބޭކާރު ގޮތުގައި މަގުމަތީ އުޅޭމީހުންނަށް ނަސޭހަތްދީ ގެއަށް ދިއުމަށް ނަސޭހަތްތެރިވާނެކަން ހާމަކޮށްފައެވެ.

ކޮރޯނާ ވައިރަސްއަށް ރާއްޖޭން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވި އިރު، އެބައްޔަށް ރާއްޖޭން 517 ސާމްޕަލް ޓެސްޓް ކުރިއެވެ. ރޭގެ ނިޔަލަށް ނުލިބި އޮތީ ފަސް ސާމްޕަލެއްގެ ނަތީޖާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: