ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އިން މިރޭ ބޭއްވުމަށް ކަނޑައަޅާފައިވާ އިންތިޚާބު ފަސްކުރަން ނިންމައިފިއެވެ.
އެފްއޭއެމްއިން މިއަދު ހާމަކޮށްފައިވާގޮތުގައި، އިންތިޚާބު ފަސްކުރަންނިންމީ ފީފާއާއި އޭއެފްސީގެ ފަރާތުން ދިން ލަފާތަކަށް ރިޢާޔަތްކޮށްކަމަށެވެ. މި ގޮތުން އެފްއޭއެމްއިން ލަފާދިނީ މި ވަގުތު ރާއްޖޭގައި ކޯވިޑް-19 ފެތުރިދާނެކަމުގެ ބިރުއޮތުމުން، ރާއްޖެ މިހާރުއޮތް ހާލަތުން، މިއަށްވުރެ ރަނގަޅު ހާލަތަކަށް ރުޖޫޢަވަންދެން އިންތިޚާބު ފަސްކުރުމަށެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެދިލެއްވުމަށް،އެފްއޭއެމްއިންވަނީ މި ދިޔަ މަހުގެ ހަތަރުވަނަ ދުވަހު ކުއްލި އެކްސްކޯ މީޓިންގްއެއް ބާއްވައި، 45 ދުވަހުގެތެރޭގައި އިންތިޚާބު ބޭއްވުމަށް ނިންމާފައެވެ.
މި އަހަރުގެ ނޮވެމްބަރުމަހުގެ 20 ވަނަ ދުވަހަށް ބައްސާމުގެ ދައުރުހަމަވާއިރު، އޭގެ ކުރިން އިންތިޚާބެއް ބާއްވަންޖެހޭކަމަށް އެ އެސޯސިއޭޝަންގެ ގަވާއިދުގައިވެއެވެ.

