ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމާ މެދު ފެންނަ ގޮތެއް ބަލަން މަޖިލީހަށް ގަރާރެއް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފައެވެ.

މީކާއިލް ހުށަހެޅުއްވި ގަރާރުގައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ފަރާތްތަކަކީ ލޯކަލް ކައުންސިލުތަކުގެ ކައުންސިލަރުން ކަމަށެވެ.

އެގޮތުން، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލުތަކަށް އިންތިހާބުވެފައި ތިބި ކައުންސިލަރުންގެ މަސްއޫލިއްޔަތުތައް އިތުރުވެފައިވާތީ، އަދި މަސައްކަތުގައި ކުރިއަށްވުރެ އިތުރު ވަގުތު ހޭދަކުރަންޖެހޭތީ ކައުންސިލަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަން ޖެހިފައިވާ ކަމަށް އެ ގަރާރުގައިވެއެވެ. އެހެންވެ، އެކަމާ މެދު މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ސާފުކޮށްދޭން އޭނާ އެދިވަޑައިގަތެވެ.

އޭގެ އިތުރުން ގާނޫނުއަސާސީގެ 37 ވަނަ މާއްދާގެ ށ.ގެ ދަށުން ހަމަހަމަކަމާއެކު މުއާމަލާތްކުރެވޭ ރައްކާތެރި މާހައުލެއްގެ ދަށުން ކުރާ މަސައްކަތަކަށް އެކަށީގެންވާ އުޖޫރައެއް ދިނުމާއި، ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާކަން އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

މީކާއީލްގެ ގަރާރުގައި ފާހަގަކުރެއްވި ބައެއް ކަންތައްތައް:

  • ކައުންސިލުގެ ރައީސްގެ މުސާރަ ސެކެޓްރީ ޖެނެރަލްގެ މުސާރައަށް ވުރެ ކުޑަ
  • ކައުންސިލުގެ ނައިބު ރައީސްގެ މުސާރަ ކައުންސިލުގެ އެގްޒެކެޓިވްއެއްގެ މުސާރައަށްވުރެ ކުޑަ
  • ކައުންސިލް މެމްބަރުންގެ މުސާރަ ކައުންސިލުގެ ބައެއް މުވައްޒަފުންގެ މުސާރައާއި އިނާޔަތަށްވުރެ ކުޑަ

އެ ގަރާރުގައިވާ ގޮތުން އިދާރީ މުވައްޒަފުންގެ މުސާރަ ކައުންސިލަރުންގެ މުސާރައަށްވުރެ ބޮޑުވުމަކީ ކައުންސިލަރުންނަކީ އިދާރީ މުވައްޒަފުންނަށްވުރެ ދަށް ފަންތީގެ ބައެއް ކަމަށް ބެލެވޭ ސަބަބެކެވެ. އޭގެ އިތުރުން، ރައްޔިތުން އިންތިހާބުކުރާ ބައެއްގެ މުސާރަ ސަރުކާރުން އައްޔަންކުރާ ސިޔާސީ މުވައްޒަފުންގެ މުސާރައަށްވުރެ ކުޑަވުމަކީ އިންތިހާބުވެގެން މަގާމުތަކަށް އަންނަ ފަރާތްތަކުގެ ބާރުވެރިކަން ކުޑަވާ ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

ދިމާވާ ކޮންމެ ހާލަތެއްގައި ވެސް އެންމެ ފުރަތަމަ ނިކުމެ ރައްޔިތުންނަށް ހިދުމަތްދޭން ތިބެނީ ކައުންސިލަރުން ކަމަށް ވާއިރު އެ ގަރާރުގައި ފާހަގަކުރީ ކައުންސިލަރުންނަށް އިތުރު ގަޑީގެ ފައިސާ ވެސް ނުލިބޭކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: