ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ޝައްކު ކުރެވޭ ދެ ދިވެއްސަކު ޓެސްޓްކުރަނީ

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން އދ. ސެންތާރާ ގްރޭންޑް ރިސޯޓާއި އަދާރަން ކުލަބް ރަންނާޅިން ދެ ދިވެއްސަކު ޓެސްޓް ކުރަން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ރައްކާތެރިކަމުގެ ގޮތުން އެ އެޖެންސީން މިހާރު އަމަލު ކުރަމުންދާ އުސޫލުން ދަށުން، ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން ދެ ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެ ޓެސްޓްގެ ނަތީޖާ ލިބެން ދެން އެ ރިސޯޓު ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފަ އެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އިގެ ވައިރަސްއަށް ޕޮޒިޓިވް 13 މީހަކު މިހާތަނަށް ރާއްޖޭން ވަނީ ފެނިފަ އެވެ. ރާއްޖޭން އެ ވައިރަސް އަށް ޕޮޒިޓިވް ކަމަށް ފެނިފައި ވަނީ ހަތަރު ރިސޯޓެއްގައި ތިބި މީހުންތަކަށާއި ސަފާރީއެއްގައި ތިބި ދެ މީހަކަށެވެ. އެއީ މުޅިން ވެސް ބިދޭސީންނާއި ޓޫރިސްޓުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ދެ މީހަކު ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެކަން އިއުލާނުކުރަން ބޭއްވި ނިއުސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެ، ރަނގަޅު މީހުންގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދިން ދެމަފިރިން ހިމެނެ އެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރުމުން ކޮންޓްރޯލް ކުރުމަށް ޓަކައި އެ ބަލި ބޮޑަށް ފެތުރެމުންދާ ގައުމުތަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ. ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން ރާއްޖެއަށް ސަފާރީތަކާއި ޔޮޓްތައް އައުން ވެސް ވަނީ މަނާކޮށް، ރިސޯޓްތަކުން ރަށްރަށަށް މީހުން ދިއުން ވެސް ވަނީ މަނާކޮށްފައިވެ އެވެ. އަދި ރާއްޖެއަށް އަންނަ ޓޫރިސްޓުން ފިޔަވައި އެންމެން 14 ދުވަހަށް ކަރަންޓީނު ކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: