ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްރީލަންކާއިން ދިވެހިރާއްޖެއަށް މީހުންއައުން މަނާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަވަށްޓެރި ސްރީލަންކާގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާތީ، އެ ޤައުމުން ދިވެހިރާއްޖެއަށް މީހުންއައުން މަނާކޮށްފިއެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ހާމަކޮށްފައިވާގޮތުން، މިއަދު ހެނދުނު 6.00 އިން ފެށިގެން ސްރީލަންކާއިން ދިވެހިރާއްޖެއަށް މީހުންއައުން މަނާކޮށްފައިވާކަމަށެވެ.

މީގެ އިތުރުން އިމިގުރޭޝަނުން ބުނެފައިވަނީ، ލަންކާއިން ރާއްޖެއަށް މީހުންއައުން މަނާކުރިކަމުގައިވިޔަސް، ލަންކާގައި މި ވަގުތު ތިބި ދިވެހިން އަންނަން ބޭނުންކަމަށްވާނަމަ، އާދެވޭނެކަމަށެވެ. އެހެންނަމަވެސް ލަންކާއިން އަންނަ ދިވެހިން ދެ ހަފުތާގެ މުއްދަތައް ކަރަންޓީނު ކުރެވޭނެ ކަމަށެވެ.

ސަރުކާރުންވަނީ، ރިސޯޓުތަކަށް އަންނަ ފަތުރުވެރިންފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ ފަރާތްތަށް ދެ ހަފުތާގެ މުއްދަތައް ކަރަންޓީނު ކުރުމަށް ނިންމާފައެވެ.

 ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން ސްރީ ލަންކާގައިވަނީ އެއްވެސް މީހަކު ބޭރަށް ނުކުމެ އުޅުން މަނާކޮށްފި އެވެ. އަދި ސްރީ ލަންކާގެ ހުރިހާ އެއާޕޯޓެއް  އެއް ހަފުތާގެ މުއްދަތަށް ބަންދުކުރުމަށް ރައީސް ގޯޓާބޭ ރާޖަޕަކްސާ އަންގަވައިފައިވެއެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން، ލަންކާ ފިޔަވައި، 10 ޤައުމަކުން، ރާއްޖެއަށް މީހުންއައުންވަނީ މަނާކޮށްފައެވެ. އެއީ ޗައިނާއާއި، އިޓަލީއާއި، ސްޕެއިންއާއި، ދެކުނު ކޮރެއާގެ ދެ ސަރަޙައްދަކާއި، ފްރާންސްގެ ދެ ސަރަޙައްދަކާއި، ޖަރުމަނުވިލާތުގެ ތިން ސަރަޙައްދަކާއި، އިނގިރޭސިވިލާތާއި، މެލޭޝިޔާއާއި ބަންގްލަދޭޝްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: