ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑަށް ފަރުވާދިން އިތުރު މީހަކު ރަނގަޅުވެއްޖެ

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން އިތުރު މީހަކު ރަނގަޅު ވެއްޖެ ކަމަށް އެޗޕީއޭ އިން ދެންމެ ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ މުރާދު ވިދާޅުވީ، ޕޮޒިޓިވްވި މީހުންގެ ތެރެއިން ރަނގަޅުވެފައި ކޮވިޑްގެ އަލާމާތްތަކެއް ފެނިގެން، ކުރެއްދޫ އައިލެންޑް ރިސޯޓުން މި މަހުގެ ހަތް ވަނަ ދުވަހު އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިޔަ މީހެއް ކަމަށެވެ.

އޭނާ މިހާރު ވަނީ ކޮވިޑް-19އަށް ޑަބަލް ނެގެޓިވްވެފަ ކަމަށް މުރާދު ވިދާޅުވިއެވެ. މިހާރު ވެސް އައިސޮލޭޝަން ފެސިލިޓީއެއްގައި ހުރި އޭނާ އެއްކޮށް ދޫކޮށްލާނީ 14 ދުވަހުގެ ކަރަންޓީނަކަށްފަހު އެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އޭގެ މިއަދު ރަނގަޅުވި ކަމަށް އިއުލާންކުރި މީހާގެ އިތުރުން އިތުރު ދެ މީހަކު ވެސް ވަނީ އެ ބަލިން ރަނގަޅުވެފައެވެ.

އެ ދެ މީހުންނަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ދެ މީހުންނެވެ. ދެ މީހުންނަކީ ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ޕޮޒިޓިވްވި ދެ މީހުންނެވެ. އެ ދެ މީހުންނަކީ އިޓަލީއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ދެމަފިރިންނެވެ. އެ ދެ މީހުން ވެސް ވަނީ ޑަބަލް ނެގެޓިވްވެފަ އެވެ.

ހުކުރު ދުވަހުގެ ރޭ ބެއްވި ނުސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ދެ މީހަކު މިހާރު އެ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ.

އަމީން ވިދާޅުވީ އެ ދެ މީހުންނަށް ފަރުވާ ދިނުމަށް ފަހު ބައްޔަށް ނެގެޓިވް ވުމުން، އެމީހުން ހޮސްޕިޓަލުން ދޫކޮށްލުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ހިނގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ހާލަތު ގޯސްވާ މީހުންނަށް ފަރުވާ ކުރުމަށް ހާއްސަކޮށްފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ހުންނަ އައިސީޔޫއެކެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖޭގެ ކޮވިޑް-19 ފެތުރޭނެ ކަމަށް ކުރިން އަންދާޒާ ކުރި މިންވަރަށް އެ ވައިރަސް ފެތުރެމުން ނުދާ ކަމަށެވެ.

އަމީން ވިދާޅުވީ ކޮރޯނާ ވައިރަހުން ރާއްޖެ ސަލާމަތް ވެވޭނެ ކަމަށް ކުރާ އުންމީދު ކަނޑަ ނުލާ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ސަރުކާރުން ހަރުދަނާ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރޭނެ ކަމަށް ކުރިން ލަފާ ކުރި މިންވަރު ވަރަށް ބޮޑަށް މަޑުވެފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: