ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯލެވެލް އިމްތިޙާން ކެންސަލްއެއް ނުވޭ! އަދި އޮތްގޮތުން އިމްތިހާން ގަޑިއަށް އޮންނާނެ: އެޑިއުކޭޝަން

އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ. ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް-19 އާއި ގުޅިގެން، އޯލެވެލް އިމްތިޙާނާއި، ސުކޫލު ޗުއްޓީއަށް، ބަދަލުގެނެސްފައިވާކަމަށް ބުނާ ބުނުމަކީ، ޙަޤީޤަތެއްނެތް ދޮގު މަޢުލޫމާތުތަކެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައިވަނީ، އޯލެވެލް އިމްތިޙާނާއި، ސުކޫލު ޗުއްޓީއަށް ބަދަލުގެނެސްފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ މަޢުލޫމާތުތަކަކީ އެއްވެސް ޙަޤީގަތެއްނެތް ދޮގު މަޢުލޫމާތުތަކެއް ކަމަށެވެ. މީގެ އިތުރުން އެޑިއުކޭޝަނުން ބުނީ، މުޅި ޤައުމަށް ދިމާވެފައިވާ މި ފަދަ ކާރިސާއެއްގެ ދަނޑިވަޅުގައި، ޞައްޙަނޫން މަޢުލޫމާތު ނުފެތުރުމަށް ނަސޭހަތްތެރިވާކަމަށެވެ.

އެޑިއުކޭޝަނުން މި މަހުގެ 19 ވަނަ ދުވަހު ނެރުނު ބަޔާނެއްގައިވަނީ، އިނގިރޭސި ވިލާތުގެ ސުކޫލުތައް ބަންދުކޮށް، އެ ސުކޫލުތަކުގެ ދަރިވަރުންނަށް މި އަހަރުގެ މެއިމަހާއި ޖޫންމަހުގައި ހެދުމަށް ހަމަޖެހިފައިވާ އިމްތިޙާނުތައް ކެންސަލްކުރިކަމުގައިވީ ނަމަވެސް، އިނގިރޭސިވިލާތުން، އެހެނިހެން ޤައުމުތަކަށް ފޯރުކޮށްދޭ އިންޓަނޭޝަނަލް އެގްޒެމިނޭޝަންތަކާމެދު، އިމްތިޙާނުތައް ފޯރުކޮށްދޭ މަރުކަޒުތަކުން އެއްވެސް އިތުރު ނިންމުމެއް ނިންމާފައިނުވާކަމަށެވެ. މި ގޮތުން، އިމްތިޙާނުތައް ފަސްކުރުމާމެދު އެޑިއުކޭޝަނުން އަދި ގޮތެއް ނުނިންމާކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، މި މަހުގެ 16 ވަނަ ދުވަހު އެޑިއުކޭޝަނުންވަނީ 22 މާޗުން ފެށިގެން އެއްހަފުތާގެ މުއްދަތަށް ސުކޫލުތައް ބަންދުކުރުމަށް ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: