ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެޗްޑީސީގެ އިލްތިމާސް. ފިހާރަތަކަށް ނުގޮސް ގުޅައިގެން ނުވަތަ އޮންލައިންކޮށް ވިޔަފާރި ކުރޭ!

ހުޅުމާލެ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯޏާ ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ފިހާރަތަކަށް ނުގޮސް ގުޅިގައިނެން ނުވަތަ އޮންލައިންކޮށް ވިޔަފާރި ކުރުމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެޗްޑީސީ) އެދިއްޖެއެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން ގޭގައި ތިއްބެވުމަށް އިލްތިމާސްކޮށްފައިވާތީ އެ ކޯޕަރޭޝަނުގެ އެދުމަކީ ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ފަރާތްތަކުން އޮންލައިންކޮށް ނުވަތަ ފޯނުން ގުޅައިގެން ތަކެތި ގަތުން ކަމަށެވެ.

އެގޮތުން އެޗްޑީސީން ވަނީ އެކަމަށް ހާއްސަ ވެބްސައިޓެއް ވެސް ތައާރަފުކޮށްފަ އެވެ. އެ ވެބްސައިޓުން https://my.hdc.com.mv/gmap/index.html ފިހާރަތަކުގެ ނަމާއި ގުޅޭނެ ފޯނު ނަންބަރު ފެންނަން ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މީގެއިތުރުން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ފިހާރަތަކުން ހުޅުމާލޭގެ ރައްޔިތުންނަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށް ދިނުުމަށް ވެސް އެދޭ ކަމަށާއި ވެބްސައިޓުން އެފަރާތެއްގެ ފިހާރަ، ރެސްޓޯރެންޓް ނުވަތަ ކެފޭގެ ނަން ނުފެންނަ ނަމަ http://tiny.cc/gfvolz މި ލިންކު މެދުވެރިކޮށް އެތަނެއްގެ މައުލޫމާތު ހުށަހެޅުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

އެޗްޑީސީން ބުނީ ކޮވިޑް19 ރޯގާއިން ރައްކާތެރިވުމުގެ ގޮތުންނާއި، އެބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ސަރުކާރާ ގުޅިގެން އެ ކޯޕަރޭޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: