ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވީނަމަވެސް ބިދޭސީންގެ ވޯކްޕާމިޓް އައު ކޮށްދިނުމުގެ ހިދުމަތް ދެމުން ގެންދާނެކަން އިކޮނަމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިކޮނަމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ މާރިޗް19 އިން ފެށިގެން26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކޮށްލުމާއި ގުޅިގެން އިކޮނަމިކް މިނިސްޓްރީން ދެމުންގެންދާ އެކްޕެސްޓް އޮންލައިންގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށެވެ.
ނަމަވެސް ބައެއް ފަރާތްތަކަށް ދޫކޮށްފައިވާ ދިވެހިރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ (އެމްޕްލޯއިމެންޓް އެޕްރޫވަލް) މުއްދަތު ހަމަވެއްޖެނަމަ ދަތިތަކާއި ކުރިމަތިވެދާނެތީ ސަރުކާރުގެ އޮފީސްތައް ބަންދު ކޮށްފައިވާ މުއްދަތުގައި ވެސް ކޯޓާ އައު ކޮށްދިނުމާއި ބިދޭސީންގެ ވޯކްޕާމިޓް އައު ކޮށް ދިމުގެ ހިދުމަތް ދިނުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ބިދޭސީންގެ ވޯކްޕާމިޓް އައު ކުރުމުގެ ހިދުމަތާއި ކޯޓާ އައު ކުރުމުގެ ހިދުމަތް އެކސްްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ފެށިގެން 12:00 އަށް ލިބޭނެ ކަމަށް އިކޮނަމިކް މިނިސްޓްރީގެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.
ކޮރޯނާވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުގެ އޮފީސްތައް އެއް ހަފްތާއަށް ބަންދުކޮށްފައިވާއިރު ސުލްކޫލްތަކާއި ކޮލެޖް ޔުނިވާސިޓީގެ އިތުރުން ކެފޭ ހޮޓާ ރެނސްޓޯރެންޓުތައް ވެސް ވަނީ ބަންދުކޮށްފައެވެ. އެގޮތުން ކެފޭތަކާއި ރެސްޓޯރެންޓުތަކުން މިވަގުތު ފޯރުކޮށްދެވޭނީ ޓޭކްއަވޭގެ ހިދުމަތާއި ޑެލިވަރީގެ ހިދުމަތް އެކަންޏެވެ.

