މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ބަންގްލަޑޭޝްގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އިތުރު ފިޔަވަޅުތަކެއް އެޅުމަށް އަވއްޓަެރި ބަންގްލޭދޭޝް ސަރުކާރުން ނިންމައިފިއެވެ.
ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ދަތުރުކުރާ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައުމަށްޓަކައި ބަންގްލަދޭޝްއިން އަޅާފައިވާ ފިޔަވަޅުތައް ހާމަކޮށް ދިވެހިރާއްޖޭގެ ހާރިޖީއްޔާއިން ނެރުނު ބަޔާނުގައި ބުނެފައި ބުނެފައިވާ ގޮތުގައި 22 މާރިޗު ވަނަ ދުވަހުގެ ރޭ 00:00 އިން 31 މާރިޗު 2020 އަށް ބަހްރެއިން، އިންޑިއާ، ކުވައިތު، ޤަތަރު، ސައުދީ އަރަބިއްޔާ، ސިންގަޕޫރު، ތުރުކީ އަދި އެކުވެރި އަރަބި އިމާރާތުން ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ބައިނަލްއަޤްވާމީ ކޮމާޝަލް އެއާލައިންތަކުގެ ދަތުރުތައް މެދުކަނޑާލުން. ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ނިންމާފައެވެ. ހަމައެހެންމެ ބަންގްލަދޭޝްއަށް ވަނުމަށް ދޫކުރާ އޮން-އެރައިވަލް ވިސާ ވަގުތީ ގޮތުން މެދުކަނޑާލުމަށް ވެސް ވަނީ ނިންމާފައެވެ.
މީގެއިތުރުން 1 މާރިޗު 2020 އިން ފެށިގެން އިރާން އަދި އީ.ޔޫ. ގެ ޤައުމުތަކަށް ޒިޔާރަތްކޮށްފައިވާ ނުވަތަ ދިރިއުޅެފައިވާ ހުރިހާ ފަސިންޖަރުން ބަންގްލަދޭޝްއަށް ވަނުން ވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ބަންގްލަދޭޝްއަށް ވަންނައިރު، ނުވަތަ ވިސާ ހޯދަން ހުށަހަޅާއިރު، ކޯވިޑް-19 ގެ އަލާމާތްތައް ނެތްކަން ކަށަވަރުކޮށްދޭ، 3 ދުވަސް ހަމަނުވާ ހެލްތު ސެޓްފިކެޓެއް ހުށަހެޅަން ޖެހޭނެއެވެ.
މީގެއިތުރުން ބަންގްލަދޭޝްއަށް ވަނުމަށްފަހު، ވައިގެ ބަނދަރުގައި މިހާރު ހަރަކާތްތެރިވަމުންދާ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން، 14 ދުވަހުގެ މުއްދަތަކަށް އެޤައުމުގެ ސަރުކާރުން ކަނޑައަޅާ ތަނެއްގައި ނުވަތަ ގޭގައި ކަރަންޓީން ކުރާނެ ކަމަށް ދިވެހި ހަރީޖީއްޔާއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުގައި މިވަގުތު ބަންގްލަދޭޝްގައި ތިބި ބިދޭސީންނަށް ލިބިފައިވާ ވިސާ 2 މަސްދުވަހުގެ މުއްދަތަކަށް އިތުރުކުރުމުގެ އިޚްތިޔާރު އެފަރާތްތަކަށް ލިބޭނެއެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށް ވަނީ އެދިފައެވެ. އެގޮތުން، ބަންގްލަދޭޝަށް ދަތުރުކުރާ، އަދި އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އަންގާފައެވެ.

