ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިރިފުށި ޓްރޭނިންގ ސެންޓަރު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު އެމްޓީސީސީން ރަސްމީކޮށް ފަށައިފި

ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ގިރިފުށި ޓްރޭނިންގ ސެންޓަރުގެ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުން އަދި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫޢު ރަސްމީކޮށް މިއަދު އިފުތިތާހުކޮށްފިއެވެ.

ގިރިފުށީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ މަސައްކަތް އިފުތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް، ހަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީއާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ކަމަށްވާ މުޙައްމަދު ޖަމްޝީދާއި އަޙްމަދު މުބީގެ އިތުރުން އަސްކަރިއްޔާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އެކަށައަޅުއްވާފައިވާ އިސްތިރާޖީ ލަނޑުދަނޑިތަކުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ބޭނުންވާ ތަމްރީނު ވަސީލަތްތައް ޤާއިމުކޮށް، ސިފައިންގެ ހުނަރާއި ޤާބިލުކަން މިހާރަށްވުރެ ފުޅާކުރުމެވެ.

މި މަޝްރޫޢުގެ ދަށުން ކުރެވޭނެ މުހިންމު މަސައްކަތްތައް:

  • ބިން ހިއްކުން: މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމަށް 13.3 ހެކްޓަރުގެ ބިން އިތުރުކުރުން (ޖުމްލަ 375,512 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކުން).
  • ބިން ހިމާޔަތްކުރުން: 2712 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ބޭރުތޮށްޓާއި ގްރޮއިންސް ޖެހުން.
  • ބަނދަރު ތަރައްޤީކުރުން: އެލް-ބްލޮކް ކީ-ވޯލް ހެދުމާއި، 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްޤީކުރުމުގެ އިތުރުން ބްރިޖެއް ހެދުން.
  • ތަމްރީނު ވަސީލަތް: މިހާރު ހުރި 100 މީޓަރުގެ ފަޔަރިންގ ރޭންޖުގެ ބަދަލުގައި 300 މީޓަރުގެ ސްމޯލް އާމްސް ރޭންޖެއް ތަރައްޤީކުރުން.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 182.79 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި (365 ދުވަސް) ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.

ގިރިފުއްޓަކީ އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކާއި ކެޑޭޓް ކޯޕްސްގެ ހަރަކާތްތަކަށް ބޭނުންކުރާ މުހިންމު ރަށެކެވެ. މި މަޝްރޫޢު ނިމުމުން، ސިފައިންގެ ތަމްރީނުތައް އިތުރަށް ފުޅާކޮށް، ޒަމާނީ ވަސީލަތްތަކާއެކު އަސްކަރިއްޔާގެ ފެންވަރު މަތިކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: