ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރލިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މާލެ ވަޑައިގެންފި

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަރުމަނުވިލާތުގެ ބަރލިންގައި ބޭއްވި ”ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026“ ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު މާލެ ވަޑައިގެންފިއެވެ.

މި ފޯރަމްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކީނޯޓް ސްޕީކަރެއްގެ ހައިސިއްޔަތުން ތަޤުރީރު ކުރައްވާފައެވެ. ފޯރަމް ރަސްމީކޮށް ހުޅުވުމުގެ ކުރިން، އދ. ގެ ގްލޯބަލް ސެންޓަރ ފޯ ކްލައިމެޓް މޮބިލިޓީ (ޖީ.ސީ.ސީ.އެމް) އާއި ރޮބަރޓް ބޮޝް ފައުންޑޭޝަން ގުޅިގެން ބޭއްވި ”ލީޑާސް ގާލާ ޑިނާ“ ގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ފޯރަމްގެ ބައިވެރިންނަށް މުހިންމު ކަންކަމާ ގުޅޭގޮތުން މާނަހުރި މަޝްވަރާތަކެއް ކުރުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ.

ލީޑަރުންގެ މަތީ ފަންތީގެ ސެޝަންގައި ތަޤުރީރުކުރައްވަމުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ހިޖުރަކުރަންޖެހޭ މީހުންނަށް ކުރިމަތިވާ މައްސަލަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލިއަޅުވާލެއްވިއެވެ. އެމަނިކުފާނު ވަނީ ނާޒުކު ޤައުމުތަކަށް އެހީތެރިވުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށާއި، ކްލައިމެޓް ފައިނޭންސް ނުވަތަ މޫސުމީ މާލީ އެހީ އިތުރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލެއްވިއެވެ.

މީގެ އިތުރުން، ހިޖުރަކުރަން ޖެހުނު ނަމަވެސް އެކަން ވާންޖެހޭނީ ރޭވުންތެރިކަމާއެކު، އަމިއްލަ އިޚްތިޔާރުގައި، އަދި އަބުރުވެރި ގޮތެއްގައި ކުރެވޭ ކަމަކަށްކަން ފާހަގަކުރައްވައި، މުޖުތަމަޢުތަކުގެ ކިބައިގައިވާ ތަހައްމަލުކުރުމުގެ ޤާބިލުކަން އިސްކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭ ގޮތުން ބޭއްވި މަތީ ފަންތީގެ ޕެނަލް މަޝްވަރާގައި ވާހަކަފުޅު ދައްކަވަމުން، މިކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން ރައްކާތެރިވުމަށްޓަކައި އެޑަޕްޓޭޝަން ނުވަތަ އަހުލުވެރިވުން އިތުރުކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްކުރަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ވެރިކަން ހިންގުމުގެ ހުރިހާ ފަންތިއެއްގައި ކޯޑިނޭޓް ކުރެވިފައިވާ ބައިވެރިވުންތަކެއް ބޭނުންވާކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދަތުރުފުޅުގެ އެހެނިހެން ހަރަކާތްތަކުގެ ތެރެއިން ”ޗެމްޕިއަންސް ބްރެކްފާސްޓް“ ގައި ބައިވެރިވެވަޑައިގެން، ”ގްލޯބަލް ކޮންސެންޝަސް އޮން ކްލައިމެޓް މޮބިލިޓީ“ ޙާޞިލުކުރުމަށް ހުރި ވައުދުތައް ކުރިއެރުވުމަށް އެމަނިކުފާނު ހިތްވަރުދެއްވިއެވެ. މި ދަތުރުފުޅަކީ ކްލައިމެޓް މޮބިލިޓީގެ އުޞޫލުތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ވިސްނުންތަކާއި ތަޞައްވުރު ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރެވިގެންދިޔަ މުހިންމު ދަތުރުފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: