ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޑެކްސެލް އިންޓަރނޭޝަނަލް އޭއެސް ލެވެލް އިމްތިޙާނު ފަސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެޑެކްސެލް އިންޓަރނޭޝަނަލް އޭއެސް ލެވެލް އިމްތިޙާނު، ފަސްކުރެވިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ދަށުން ދިގުމުއްދަތަކަށް ސުކޫލުތައް ބަންދުކުރަން ޖެހުމުގެ ސަބަބުން، މި އިމްތިޙާނު ބޭއްވުމަށް ކުރިން ހަމަޖެހިފައިވަނީ މި އަހަރުގެ މެއި/ޖޫން މަހުގައެވެ. އެޑިއުކޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެޑެކްސެލް އިންޓަރނޭޝަނަލް އޭއެސް ލެވެލް އިމްތިޙާނު، ދެން ބާއްވާނީ މިއަހަރުގެ އޮކްޓޫބަރ/ނޮވެމްބަރު މަހުގައިކަމަށެވެ. މި އިމްތިޙާނުގައި މާލެއާއި، އަތޮޅުތަކުގެ 37 ސުކޫލަކުން، ޖުމްލަ 1529 ދަރިވަރުން ބައިވެރިވެއެވެ.

މެއި/ޖޫން މަހުގައި ބައްވަން ކަނޑައަޅާފައިވާ އިމްތިޙަނުތަކާއި ބެހޭގޮތުން، ކެމްބްރިޖް ޔުނިވަރސިޓީން ރޭ ވަނީ ބަޔާނެއްނެރެފައެވެ. އެ ބަޔާނުގައި، ކެމްބްރިޖް ޔުނިވަރސިޓީން ބުނެފައިވަނީ، ކޯވިޑް-19 އާއި ގުޅިގެން، ދުނިޔޭގެ ގިނަ ސުކޫލުތަކެއް ބަންދުކޮށްފައިވާތީ، އެ ޔުނިވަރސިޓީން ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިޙާނުތައް ބޭއްވޭނެފަދަ މާޙައުލެއް ނެތްކަމަށެވެ. މި ގޮތުގެ މަތިން، ކެމްބްރިޖް އައިޖީސީއެސްއީއާއި، ކެމްބްރިޖް އޯލެވެލް އިމްތިޙާނާއި، ކެމްބްރިޖް އިންޓަނޭޝަނަލް އޭއެސް އޭލެވެލް އިމްތިޙާނާއި، ކެމްބްރިޖް އޭއައިސީއި ޑިޕްލޮމާގެ އިމްތިޙާނު މެއި/ޖޫން މަހުގައި ކުރިއަށްނުގެންދާކަމަށެވެ.

އޭލެވެލްގައި ރާއްޖެގެ ދަރިވަރުން ހަދަނީ އެޑެކްސެލް އިމްތިޙާނެވެ. އޯލެވެލްގައި ރާއްޖެގެ ދަރިވަރުން ހަދަނީ އޮކްޓޫބަރު އަދި ނޮވެމްބަރުމަހުގައި ކެމްބްރިޖުންދޭ އިމްތިޙާނެވެ. އެހެންނަމަވެސް އަމިއްލަ ބައެއް ސުކޫލުތަކުގައި މެއި/ޖޫންގައި ކެމްބްރިޖް އިމްތިޙާނު ހަދައެވެ. މި ގޮތުން، މެއި/ޖޫންގައި ބޭއްވުމަށް ކުރިން ކަނޑައެޅިފައިވާ ކެމްބްރިޖް އިމްތިޙާނުގައި ރާއްޖެއިން ބައިވެރިވެފައިވަނީ، ވަރަށް މަދު ކުދިންކޮޅެއްކަމަށާއި، އެހެންކަމުން ކެމްބްރިޖް ޔުނިވަރސިޓީއާއި، ސުކޫލުތަކުގެ އިސްފަރާތްތަކާއެކު، މި ކުދިންނަށް އިމްތިޙާނު ލިބޭނެގޮތަކަށް މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: