ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން(އެސްޓީއޯ) ގެ ޝިޕިންލައިންގެ ފުރަތަމަ ބޯޓު ކުރިއަށްއޮތް ހަފްތާގައި ރާއްޖެއަށް ބަނދަރުކުރާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އެހެން ވިދާޅުވުމާއެކު، އެސްޓީއޯއިން ވަނީ، އެ ކުންފުނީގެ ދަށުން ހިންގަމުންއަންނަ ކުންފުނިތަކުގެތެރެއަށް މޯލްޑިވްސް ސްޓޭޓް ޝިޕިން(އެމްއެމްއެސް) އިތުރުކުރެވުނުކަން ހާމަކޮށްފައެވެ.
https://twitter.com/stoplc/status/1242856896903725056?s=20
މީގެ އިތުރުން، ރައީސް ޞާލިޙްގެ ވާހަކަފުޅުގައިވާ ފަދައިން، އެސްޓީއޯއިން ބުނީ، ދިވެހިރާއްޖޭގެ އެތެރޭގެ ޝިޕިން އިންޑަސްޓްރީ ދިރުވައި އާލާކުރުމުގެގޮތުން ފުރަތަމަ ގެންނަ ކޮންޓެއިނާ ބޯޓު ކުރިއަށްއޮތް ހަފުތާތެރޭގައި ރާއްޖެއަށް ބަނދަރުކުރާނޭކަމަށެވެ.
އަންނަ ހަފުތާގައި ގެނައުމަށް ހަމަޖެހިފައިވާ މި ކޮންޓެއިނާ ބޯޓުގެ ދަތުރުތައްކުރާނީ އަވަށްޓެރި ސްރީލަންކާއާއި ދިވެހިރާއްޖެއާއި ދެމެދުގައެވެ. މި ޝިޕިންލައިނާއެކު، ރާއްޖެއަށް މުދާގެންނަން އިތުރު ފަސޭހަތަކެއްވެގެންދާނެކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

