ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އާދައިގެ މީހަކަށް ވެރިކަމަށް އައުމަކީ ބޮޑު ގޮންޖެހުމެއް، ގިނަ ހުރަސްތައް ދިމާވޭ: ފައްޔާޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިޔާސީ ސަގާފަތް އޮތްގޮތުން އާދައިގެ އާއިލާއަކުން އަންނަ މީހަކަށް އެންމެ މަތީ ހަރުފަތަށް ވާސިލްވުމާއި، ރާއްޖޭގެ ވެރިކަމަށް އައުމުގައި ހުރަސްތަކާއި ކުރިމަތިވާކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީއަށް 21 އަހަރު ފުރުމާއި ދިމާކޮށް ”ސަންގު“ އަށް ދެއްވި ހާއްސަ އެކްސްކްލޫސިވް އިންޓަވިއުއެއްގަ އެވެ.

ފައްޔާޒް ވިދާޅުވީ، ކޮންމެ ސިޔާސީ މީހެއްގެ ވެސް އެންމެ މަތީ އަމާޒަކީ ގައުމަށް ހިދުމަތް ކުރުންކަމަށްވާއިރު، ރާއްޖޭގެ ވެރިކަމަށް އައުމުގެ ޝައުގުވެރިކަން އޭނާގެ ވެސް އެބަހުރިކަމަށެވެ. އަދި އެމްޑީޕީގައި އެންމެ ފާޅުކަން ބޮޑުކޮށް އެކަމަށް މަސައްކަތް ކުރަނީ އޭނާކަން ފާހަގަކުރެއްވި އެވެ. ފައްޔާޒް ވިދާޅުވީ ވެރިކަމުގެ ޝައުގުގައި ވާހަކައެއް ދެއްކުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވާނެކަން އެނގިވަޑައިގަންނަވާކަމަށާއި، އެހެންކަމުން ގިނަ ބޭފުޅުން އެކަން ހާމަނުކުރައްވައި ތިއްބަވަނީކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ މެދުގައި މަގުބޫލުކަން ހޯދުމުގައި، ކަންކަން ކުރުމުގެ ގާބިލްކަމާއި ސިޔާސަތުތަކަށްވުރެ ބޮޑަށް ބެލެވިފައި އޮންނަނީ އެ މީހެއްގެ އާއިލީ ފަންތިއަށެވެ.

ރާއްޖޭގައި ވަރަށް އުނދަގޫ ކަމަކަށްވޭ އާދައިގެ މީހަކަށް ވެރިކަމަށް އައުމުގެ ވާހަކަ ދެއްކުން ވެސް. ކުރިން ވެރިކަން ކޮށްފައި ހުރި މީހެއް ނޫނީ ރަސްމަތީ އާއިލާގެ ބޭފުޅެއް ނޫން ނަމަ، ރައްޔިތުންގެ މަގުބޫލުކަން ހޯދުމަކީ ފަސޭހަ ކަމެއް ނޫން. އެއީ ހަގީގީ ގޮންޖެހުމަކީ..

ފައްޔާޒް ވިދާޅުވީ އޭނާއަކީ ވަރަށް އެނިމޭޓް ވެގެން، ބާރަށް ވާހަކަދައްކާ މީހަކަށް ވާތީ ބައެއް މީހުންނަށް އޭނާއަކީ ރުންކުރު މީހެއްގެ ގޮތުގައި ސިފަވާ ކަމަށެވެ. ނަމަވެސް އެއީ ކަންކަމާ މެދު ހުންނަ ޝައުގުވެރިކަމާއި ކަންކަމުގައި ދޫނުދިނުމުގެ ސިފަކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑަކީ ދޫދޭ މީހެއް ނޫން. އެހެންވީމާ އެކަހަލަ ކަންތައްތަކާ ހިތްހަމަނުޖެހޭ ވަރަށް ގިނަ ރައްޔިތުން ވެސް ތިބެދާނެ. އެކަމަކު އަޅުގަނޑަށް އޮތް ޒިންމާއަކީ އަޅުގަނޑަކީ ގައުމަށް އިޚްލާސްތެރި، ކަންކަން ކުރެވޭނެ ގާބިލް އަދި ރީޒަނަބަލް މީހެއްކަން ރައްޔިތުންނަށް ސާބިތުކޮށްދިނުން

ފައްޔާޒް ވިދާޅުވި ގޮތުގައި އޭނާގެ މަސައްކަތަކީ އޭނާގެ ހިޔާލާއި ފިކުރު ރައްޔިތުންނަށް ހުށަހަޅައި، ރާއްޖެއަށް ގެންނަން ބޭނުންވާ ބަދަލުތައް ތަފްސީލުކޮށްދިނުމެވެ. އަދި މާޒީގައި ކޮށްފައިވާ މަސައްކަތްތަކަށް ބަލައި ރައްޔިތުން ގޮތް ނިންމުމުގެ ފުރުސަތު އޮންނަންޖެހޭނެކަމަށް ގަބޫލުކުރާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: