ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2.0ގެ ތެރެއިން ރާއްޖޭގައި ވޯޓުލާ ގޮތް އީ-ވޯޓިންއަކަށް ބަދަލުކުރާކަށް، ނޫޅެން: ރައީސް

ނޭޝަން ޗެޓްގެ ދެވަނަ އެޕިސޯޑުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޚިދުމަތްތައް ޒަމާނީކޮށް، ޑިޖިޓަލް އިޤްތިޞާދަކަށް މިޞްރާބު ޖެހުމަށް ސަރުކާރުން ފަށާފައިވާ ’މޯލްޑިވްސް 2.0‘ މަޝްރޫޢަކީ ރާއްޖޭގެ ތަރައްޤީގެ އާ ބާބެއް ކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ، މި މަޝްރޫޢާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައްދު ދެއްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ތެރެއިން ރާއްޖޭގެ ވޯޓުލުމުގެ ނިޒާމު އީ-ވޯޓިންއަށް ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ޚިދުމަތްތައް ޑިޖިޓަލްކުރުމާ ގުޅޭ ދެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނެވެ. އިދިކޮޅު އެމްޑީޕީގެ މެންބަރުން ތުހުމަތުކުރެއްވި ގޮތުގައި، މިއީ އީ-ވޯޓިން ތަޢާރަފުކޮށްގެން އިންތިޚާބުތަކުގައި މަކަރު ހެދުމަށް ސަރުކާރުން ރާވާ ރޭވުމެކެވެ. މިކަމަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިފަދަ ދޮގު ވާހަކަތައް ފަތުރަނީ ރައްޔިތުންނަށް ދައްކާނެ އިތުރު އުފެއްދުންތެރި ވާހަކައެއް ނެތުމުން ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ’މޯލްޑިވްސް 2.0‘ މަޝްރޫޢުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލުމެވެ. ޚިދުމަތްތައް އޮޓޮމޭޓްކޮށް، އިންސާނުންގެ ދައުރު ކުޑަކުރުމުން، ނާޖާއިޒު ފައިދާ ނެގުމަށް އޮންނަ ފުރުޞަތުތައް ބަންދުވެގެންދާނެއެވެ. ޚާއްޞަކޮށް ޕްރޮކިއުމަންޓް ނިޒާމާއި ދައުލަތުން ދޭ އެކި ޚިދުމަތްތަކުގައި ހާމަކަން ބޮޑުވެ، އިތުބާރު ހިފޭ ނިޒާމެއް ޤާއިމުކުރެވޭނެއެވެ.

މި މަޝްރޫޢުގެ ދަށުން ޒުވާނުންނަށް އިޤްތިޞާދީ ގޮތުން ކުރިއަށްދިއުމަށް ގިނަ ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ. އޮންލައިންކޮށް ފައިސާ ލިބޭނެ މަގުތައް ފަހިކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ’ޕޭޕަލް‘ ފަދަ ޚިދުމަތްތައް ރާއްޖެއަށް ގެނައުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މީގެ އިތުރުން، ދައުލަތުން ލިބެންޖެހޭ ޚިދުމަތްތައް ފަސޭހަކަމާއެކު ޑިޖިޓަލްކޮށް ލިބޭނެ ގޮތް ހެދުމަކީ ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ލިބޭނެ ބޮޑު ލުޔެކެވެ.

’މޯލްޑިވްސް 2.0‘ އަކީ ރާއްޖޭގެ އިދާރީ އަދި އިޤްތިޞާދީ ނިޒާމު ހަރުދަނާކުރުމަށް ހިންގާ މަޝްރޫޢެކެވެ. ވޯޓުލުމުގެ ނިޒާމަށް ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތްކަން ރައީސް ކަށަވަރުކޮށްދެއްވުމުން، މިކަމާ ގުޅޭގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކަށް ވަނީ ޖަވާބު ލިބިފައެވެ. ސަރުކާރުގެ އަމާޒަކީ ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް ދޭ ޚިދުމަތްތައް އަވަސްކޮށް، ކޮރަޕްޝަނުން ސަލާމަތްވެފައިވާ ދެފުށް ފެންނަ ނިޒާމެއް ބިނާކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: