ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނުގެ ބާރަށްވުރެ، ހިނިތުންވުމާއި އޯގާތެރިކަމާއެކު ރައްޔިތުންކިޔަމަންކުރުމަށް ރައިސުލްޖުމްހޫރިއްޔާ ފުލުހުންނަށް އިލްތިމާސްކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނުގެ ބާރަށްވުރެ، ހިނިތުންވުމާއި އޯގާތެރިކަމާއެކު ރައްޔިތުންކިޔަމަންކުރުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފުލުހުންނަށް އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ ފުލުހުންގެ 87 ވަނަ އަހަރީދުވަހާއިގުޅިގެން ދެއްވި ޚިޠާބުގައެވެ. ރައީސް ވިދާޅުވީ، ފުލުހުންނާއި ރައްޔިތުންނާދެމެދު އޮންނަންޖެހޭ ގުޅުމަކީ އެއް ޢާއިލާއެއްގެ ދެމީހެއްގެ ދެމެދުގައި އޮންނަންޖެހޭފަދަ ހިތްހެޔޮ އުފާވެރި ގުޅުމެއްކަމަށެވެ. ރައީސް ވިދާޅުވީ، ރައްޔިތުންނަށް ކަމެއްޖެހިގެން އެންމެ ފުރަތަމަ އެހީއަށްއެދި ގޮވާލަންތިބި އެއްބަޔަކީ ފުލުހުންކަމަށާއި، އެ ގޮވާލުމަށް އެންމެ އަވަހަށް އިޖާބަދޭން ތިބީވެސް ފުލުހުންކަމަށެވެ.

ރައީސް ވިދާޅުވީ، ހިތްހެޔޮކަމާއި އޯގާވެރިކަމާއެކު ރައްޔިތުންނާއި މުޢާމަލާތުކުރުމަށް އިލްތިމާސްކުރައްވާކަމަށެވެ.

މީގެ އިތުރުން، ރައީސް ވިދާޅުވީ، ރައްޔިތުންނަށް އަމާން ވެށްޓެއް ޤާއިމްކޮށްދީ، ޞުލްޙަ މަސަލަސްކަމުގައި، ދިރިއުޅެވޭނެކަމުގެ ޔަޤީންކަމާއި، އިތުބާރު ހޯދައިދިނުމަށްޓަކައި، މުޖުތަމަޢުގައި ހިނގާ ކުށުގެ އެންމެހައި ޢަމަލުތައް މަދުކުރުމަށްޓަކައި، މިހާރަށްވުރެ މުހިންމު ދައުރެއް ފުލުހުން އަދާކުރަންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

ރައީސް ވިދާޅުވީ، ފުލުހުންގެ ޚިދުމަތް އެންމެ ބޮޑަށް އަމާޒުކުރަންޖެހިފައިވަނީ، ކުށްކުރުން ހުއްޓުވުމަށާއި، ކުށްވެރިން ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށްކަމަށާއި، ކުށްކުރުމުގެ ވައްޓަފާޅިއާއި، ބޭނުންކުރާ އުކުޅުތައް ވެސް ދުވަހަކަށްވުރެ ދުވަހަކު އަންނަނީ ބަދަލުވެ އިތުރުވަމުންކަމުގައެވެ.

”މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންގެ ޢަމަލުތައް އަންނަނީ ފުޅާކުރަމުން. ކުޑަކުދިންނާއި އަންހެނުންނާއި ޚާއްސަ ރައްކާތެރިކަމަށް ބޭނުންވާ އެހެން މީހުންނާއި ކުދިންނާ ދެކޮޅަށް ހިންގޭ ކުށްތައް ރިޕޯޓުކުރެވޭ މިންވަރު އިތުރުވެ އެ މައްސަލަތައް ހައްލުކުރަން ދެވޭ ސަމާލުކަން އިތުރުވެއްޖެ. ޢަދުލު އިންސާފު ޤާއިމުކުރުމުގެ މަރުޙަލާ އެންމެ ފުރަތަމަ ފެށިގެން އަންނަނީ، ފުލުހުންކުރާ ތަޙުޤީޤުގެތެރެއިން. އެހެންކަމުން ފުލުހުންގެ ތަޙުޤީޤުތައް އަވަސްކޮށް ފުރިހަމަކުރުމަށްޓަކައި ޚާއްސަ ސަމާލުކަމެއްދޭންޖެހޭކަމަށް ދެކެން.“ ރައީސް

ރައީސް ވިދާޅުވީ ފުލުހުންކުރާ އެ މުހިންމު މަސައްކަތްތަކުގެ ނަތީޖާ ފެންނާނީ ވަށާޖެހިފައިވާ ނިޒާމެއްގެ ގޮތުގައި ހުރިހައި މުޢައްސަސާތަކެއް އެކުއެކީގައި އެއް މިންވަރަކަށް މަސައްކަތްކޮށްގެންކަމަށެވެ. މީގެ އިތުރުން، ދިވެހި ރައްޔިތުން ފުލުހުންނާއި މެދު ކުރާ އުންމީދު ވަރަށް ވެސް ބޮޑުކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: