ކޯވިޑް-19 އަށް އަނެއްކާ ވެސް، ދިވެއްސަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ޕޮޒިޓިވްވި ދިވެހިމީހާއަކީ، އިނގިރޭސިވިލާތުން އެނބުރިއައި ދިވެއްސެއްކަމަށާއި، ރޯޔަލް އައިލެންޑް ރިސޯޓުގައި މިހަރު އޭނާ ކަރަންޓީނުކުރެވިފައިވާކަމަށެވެ.
މިއީ ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި 2 ވަނަ ދިވެހި މީހާއެވެ. މީގެކުރިން ވެސް މި ވައިރަހަށް ޕޮޒިޓިވްވެފައިވަނީ އިނގިރޭސިވިލާތުން އެނބުރިއައި ދިވެއްސެކެވެ. މިއާއެކު ދިވެހިރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވިމީހުންގެ ޢަދަދު މިހާރު މިވަނީ 17 އަށް އަރާފައެވެ.

