ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކީރިތި ޤުރުއާން ޚަތިމުކުރުމުގެ ޗެލެންޖެއް ޑރ.ޝަހީމް ފައްޓަވައިފި

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. ފޮޓޯ: އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކީރިތި ޤުރުއާން ޚަތިމުކުރުމުގެ ޗެލެންޖެއް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފައްޓަވައިފިއެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން، އެކި ފަރާތްތަކުން، ތަފާތު އެކިއެކި ޗެލެންޖުތައްކުރަމުންދާ މި ދަނޑިވަޅުގައި، ޝަހީމް ފައްޓަވާފައިވާ ޗެލެންޖު އިޢުލާނުކުރެއްވުމުގެގޮތުން ކުރެއްވި ޓްވީޓްގައި، މުޅި ޤުރުއާން ކިޔަވައި ޚަތިމުކުރަން ތައްޔާރަށް ތިބީ ކޮންކުދިންނެއްތޯވަނީ ސުވާލުކުރައްވާފައެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ، މިކަން ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށާއި، މުޅި ސޯޝަލް މީޑިއާ ކީރިތި ޤުރުއާނުން ފުރާލުމަށެވެ. މި ގޮތުން، ޝަހީމްވަނީ ރޭގެ ވަގުތެއްގައި ޗެލެންޖު ފައްޓަވާފައެވެ.

ކީރިތި ޤުރުއާން ތިލާވަތުކުރައްވާ ވީޑިއޯ ޢާންމުކުރައްވަމުން ޝަހީމް ވިދާޅުވީ، އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ މާތްﷲ އާއި ކުއްތަންވުމުގެގޮތުން އެންމެންވެގެން ޚަތިމުކުރަން ފެށުނީކަމަށާއި، މި ޗެލެންޖުގައި ކުދިބޮޑު އެންމެންނަށް ވެސް ބައިވެރިވެވޭނެކަމަށެވެ.

ޝަހީމް ވިދާޅުވީ، ޓްވިޓަރ، އެފްބީ، އިންސްޓްގްރާމް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެކަމަށެވެ.

މީގެ އިތުރުން، ޝަހީމް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، ޤުރުއާން ޚަތިމުކުރުމުގެ ޗެލެންޖު ކުރިއަށްދާއިރު، އެކި އާޔަތްތަކާއި، ނަބީބޭކަލުންގެ ވާހަކަތަކާއި، ޤުރުއާނުގައިވާ އެކިއެކި މުހިންމު ކަންކަމާބެހޭގޮތުން ވާހަކަދައްކަވާ، އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ވީޑިއޯތައް ޢާންމުކުރައްވާނެކަމަށެވެ.

ކީރިތި ޤުރުއާން ޚަތިމުކުރުމުގެ ޗެލެންޖުފަށާފައިވާއިރު، ސޯޝަލް މީޑިއާގައި، މިހާރު އެންމެ ވައިގައި ހިފަމުންދާ އެއްކަމަކީ، ސްޓޭއެޓްހޯމްޗެލެންޖުގެ ނަމުގައި ޓޮއިލެޓް ޕޭޕަރ ބޭނުންކޮށްގެން ފަށާފައިވާ ޖަގްލްކުރުމުގެ ޗެލެންޖެކެވެ. މި ޗެލެންޖުގައި، ނައިބު ރައީސް ފައިސަލް ނަސީމާއި، ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަހީދާއި، ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފާއި، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި، ޑިފެންސް މިނިސްޓަރު މާރިއާދީދީ ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށްވަނީ މި ޗެލެންޖް ފުރިހަމަނުކުރެއްވެވި ވެއްޓިވަޑައިގެން އިނދަޖެހިވަޑައިގެންފައެވެ. ޢާންމުންގެ މީހުންނާއި ކުޑަކުދިން ޝަހީމް ފެއްޓެވި ޤުރުއާން ޚަތިމުކުރުމުގެ ޗެލެންޖުގައި ބައިވެރިވަމުންދާއިރު، މިއިން އެއްވެސް ބޭފުޅަކު ޚަތިމުކުރުމުގެ ޗެލެންޖުގައި ބައިވެރިވެވަޑައިގަންނަވާކަމުގެ ޚަބަރެއް އަދި ލިބިފައެއްނެތެވެ.

https://twitter.com/Mohamedshaheem1/status/1244325588363608072?s=20

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: