ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިގު މުއްދަތަށް ބޭސްނަގާ މީހުންނަށް މި ދުވަސްވަރު އަލުން ޑޮކްޓަރަށްނުދައްކައި ބޭސްސީޓީއަށް ބޭސްނެގޭނެ: އާސަންދަ ކޮމްޕެނީ

ފޮޓޯ: އާސަންދައެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިގު މުއްދަތަށް ބޭސްނަގާ މީހުންނަށް މި ދުވަސްވަރު އަލުން ޑޮކްޓަރަށްނުދައްކައި ބޭސްސީޓީއަށް ބޭސްނެގޭނެ ގޮތުގެ އުސޫލު ބަދަލުވެއްޖެކަމަށް އާސަންދަ ކޮމްޕެނީއިން ހާމަކޮށްފިއެވެ.

މި ޚިދުމަތް ފޯރުކޮށްދޭގޮތަށް ނިންމީ، ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، މި ވަގުތު ދިވެހިރާއްޖޭގައި އިޢުލާންކުރެވިފައިވާ ޢާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސިއްހީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ޢާންމުން ޒިޔާރަތްކުރުން މަދުކުރުމުގެ ގޮތުންކަމަށް އެ ކޮމްޕެނީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އާސަންދަ ކޮމްޕެނީން ބުނީ، ”އާސަންދަ“ ސްކީމްގެ ޚިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލެއް ނުވަތަ ކްލިނިކެއްގެތެރޭގައި ނުހިމެނޭ ހުރިހައި ފާރމަސީއަކުންވެސް، 27 މާޗް 2020 އިން ފެށިގެން މި ޚިދުމަތް ލިބެން ހުންނާނެކަމަށެވެ.

އާސަންދަ ސްކީމްގެ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒަކުން ކުރިން ދޫކުރެވިފައިވާ ބޭސް ސިޓީތަކަށް ބޭސްދިނުމުގައި ބަލާ ކަންތައްތަކުގެތެރޭގައި، ބޭސްސިޓީ ލިޔެފައިވާ ތާރީޚުން ފެށިގެން 3 މަސް ދުވަސްވެފައިނުވާ ބޭސްސިޓީ ފާމަސީއަށް ގެންދިއުމާއި، ސްކީމްގެ ޚިދުމަތަށް ބޭރުގެ ހޮސްޕިޓަލަކުން ލިޔެފައިވާ ބޭސްސިޓީއެއްނަމަ 6 މަސް ދުވަސްވެފައިނުވާ އެންމެ ފަހު ބޭސްސިޓީ ފާމަސީއަށް ގެންދިއުން ހިމެނެއެވެ.

މީގެ އިތުރުން، މިވަގުތު ހުރި ބޭސްހުސްވުމުގެ 15 ދުވަސްކުރިން ފާމަސީތަކަށް ބޭސް ހޯދަން ހުށަހަޅަންޖެހޭކަމަށް އާސަންދަ ކޮމްޕެނީން ބުނެއެވެ.

އާސަންދަ ކޮމްޕެނީން ބުނީ، ބޭސްނަގަން ގެންދާ ބޭސްސިޓީއަކީ ދިގުމުއްދަތަކަށް ފަރުވާކުރާ ބައްޔަކަށް ދޫކުރެވިފައިވާ ބޭސްސިޓީއަކަށް ވާންޖެހޭ ކަމަށާއި، ބޭސްސިޓީގައި ހުންނަންވާ ހުރިހައި މަޢުލޫމާތުތަކެއް ފުރިހަމައަށް ބޭސްސިޓީގައި ހުންނަންވާނެކަމަށެވެ. މި ގޮތުން، ބަލިމީހާގެ ނަމާއި، ބަލީގެ ނަމާއި، ބޭހުގެ ނަމާއި މިލިގްރާމާއި، ބޭސްބޭނުންކުރަންވީ ވަގުތާއި މުއްދަތާއި ޑޮކްޓަރުގެ މަޢުލޫމާތު ހިމެނޭ ބޭސްސިޓީއަކަށްވާންޖެހެއެވެ.،

އާސަންދަ ކޮމްޕެނީން ބުނީ، މި ފަދަ ބޭސް ސިޓީއެއްގައި ކުރިން އެހެންކަމަކަށް، އެ ވަގުތަށް ފަރުވާނަގައިފައިވާ އެހެނިހެން ބޭސްތައް އަލުން ދޫނުކުރެވޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: