ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މެމްބަރުން މިވަގުތު ތިބެން ޖެހޭނީ ރައްޔިތުންނަށް ފަސޭހައިން ގުޅޭ ގޮތަށް: މަޖިލީހުގެ ރައީސް

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު މުޅިދުނުޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ނުރައްކާ ދިވެހިރާއްޖެއަށް ވެސް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވަން ޖެހޭނީ ރައްޔިތުންނަށް ފަސޭހައިން ގުޅޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ފުރަތަމަ ފަހަރަށް ވެބް ކޮންފެރެންސް މެދުވެރިކޮށް އޮންލައިންކޮށް ފައްޓަވައިދެއްވަމުން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވިދާޅުވީ މިވަގުތު ރައްހޔިތުންނަށް މަޖިލީޙުގެ މެމްބަރުންނަށް ފަސޭހައިން ގުޅޭނެ ގޮތަށް ކަންކަން ބައްޓަން ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި އެހެން ކަމުން އެކަން އެގޮތަށް ހަމަޖެއްސެވުމަށް މަޖިލީހުގެ ރައީސް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ މިފަދަ ހާލަތެއްގައި ރައްޔިތުން ކުރާ ހުރިހައި ސުވާލަކަށް މަޖިލީހުގެ މެމްބަރުނަށް ޖަވާބް ނުދެއްވިދާނެ ކަމަށާއި އަދި މެމްބަރުން ބޭނުން ބޭނުންވާ ގޮތަށާއި ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ކަންކަން ނުވެހިނގައިދާނެ ކަމަށެވެ. ނަމަވެސް ހަގީގީ އެކުވެރިންނަކީ އެންމެ ބޭނުން ޖެހިފައިވާ ވަގުތު އެންމެ ގާތުގައި އަބަެުވެސް މުއާމަލާތް ކުރެވޭނެ ގޮތަށް ތިބޭ މީހުން ކަމަށާއި އެހެން ކަމުން މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ ވަކީލުން ކަމަށްވާއިރު މަޖިލީހުގެ މެމްބަރުން ތިބެން ޖެހޭނީ ރައްޔިތުންނަށް އަބަދުވެސް ފެސާހައިން ގުޅި ޝަކުވާ ހުށަހެޅޭބެ ގޮތަށް ކަމަށް މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ ކޮރޯނާ ވައިރަސްއިން ރާއްޖެ ރައްކާތެރި ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް މުހިންމު ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އަދި ރައީސް ސާލިޙް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވަނީ ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދުގެ މަތިންކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން ސިއްހީ ދާއިރާގެ މާހިރުން ދެއްވާ އިރުޝާދާއި ލަފާގެ މަތިން ރައްޔިތުން ވެސް ކަންކަން ކުރެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ މިއަދު މުޅި ދުނިޔެ އަޮތީ ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށާއި އެ ނުރައްކާ ރާއްޖެއަށް ވެސް މިއަދު އޮތްއިރު ދިވެހި ސަރުކާރުން މިއަދު މަސައްކަތް ކުރަމުންދަނީ ކޮރޯނާ ވައިރަސްއިން ދިވެހިރާއްޖެ ސަލާމަތްކޮށް ގައުމު ކުރިއަށް ގެންދެވޭނެ މަގެއް ހޯދުމަށްކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. 

https://www.youtube.com/watch?v=i50eTvzLfeA&feature=youtu.be

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: