ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާއިލާތަކުން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފޮނުވޭނެ ތަކެތީގެ ތެރޭގައި ނޫޑުލްސް އާ މަސްދަޅު ކޭސް!

ކޮލަމްބޯގައި ހުންނަ ސޯސަންވިލާގައި ގިނަ ދިވެހިންތަކެއް - ފޮޓޯ/ ސޯސަންވިލާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅިގެން ލޮކްޑައުންކޮށް، ކާފިއުވެސް އިއުލާނުކޮށްފައިވާ ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ލަންކާގައި ތިބި ފަރާތްތަކަށް ތަކެތި، ނުވަތަ ކާންބޭނުންވާ އެއްޗެއް ފޮނުވަން ބޭނުންވާނަަމަ އާއިލާތަކުން ފޮރިން މިނިސްޓްރީން އެކަމަށް ހާއްސަ ކޮށްފައިވާ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް އަންގައިފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އަންނަ އާދީއްތަ ދުވަހު، ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް މުދާ ބަލައި، ލަންކާއަށް ދަތުރުކުރާއިރު، އެ ފްލައިޓުން ލަންކާގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވުމުގެ ފުރުސަތު ރާއްޖޭގައި ތިބި އެ މީހުންގެ އާއިލާތަކަށް ދޭން ނިންމާފައިވާތީ އެކަމަށް އެދޭ މީހުންނަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. އެގޮތުން ކޮންމެ ހަފުތާއަކު އެ ދަތުރު ކުރުމަށް ނިިންމާ އެ ކާގޯ ބޯޓު މެދުވެރިކޮށް ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވޭނީ ކޮންމެ އާއިލާއަކަށް 15 ކިލޯކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. ދި ކާގޯގެ ގޮތުގައި ފޮނުވޭނީ ސްރީލަންކާއިން ލިބެންނެތް ބޭހެއް ނުވަތަ އެހެން ޒަރޫރީ ބޭނުންތަކަށް ފޮނުވާ ތަކެތި ކަމަށް ވަނީ ބުނެފައެވެ.

ފޮނުވޭނެ ތަކެތީގެ ލިސްޓެއް ހާމަކޮށް ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ އާއިލާތަކުން ޑޮކްޓަރުގެ ބޭސް ސިޓީއެއް އޮތް، ޑަކްޓަރީ ބޭސް ފޮނުވޭނެ ކަމަށެވެ. އަދި ކެއުމުގެ ބާވަތެއްގެ ގޮތުގައި މަސް ދަޅު ކޭހާއި، ނޫޑްލްސް ކޭސް، މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ރިހާކުރު ފުޅި، އަދި ޕެކްކޮށްފައި ހުންނަ މަސްފަތާއި، ތެލުލިފަތް ފޮނުވޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ފިހާރަތަކުގައި ޕެކްކޮށްފައި ހުންނަ އެ ނޫންވެސް ކާބޯތަކެތި ފޮނުވޭނެ ކަމަށެވެ.

ލަންކާއަށް ނުފޮނުވޭނެ ތަކެތީގެ ތެރޭގައި ފައިސާ އާއި، ރޯމަސް އަދި މޭވާ އާއި ތަރުކާރީ ހިމެނެއެވެ.

 

https://twitter.com/MoFAmv/status/1244699992658452480

ކޮންމެ ފަހަރަކުވެސް ގެންދެވޭނީ ވަކި މިންވަރަކަށް ކަމަށްވާތީ އިސްކަން ދޭނީ ފޯމް ހުށައަޅާ ތަރުތީބަށްކަން މިނިސްޓްެރީއިން ވަނީ ފާހަގަކޮށްފައެވެ. ކޮންމެ ބުރާސްފަތި ދުވަހެއްގެ ކުރިން ފޯމް ހުށައަޅަން ޖެހޭއިރު ރާއްޖެއިން ފޮނުވާތަކެތި ހަވާލުކުރާނީ ހައިކޮމިޝަން މެދުވެރިކޮށެވެ.

ތަކެތި ބަލައިގަންނާނީ ގްރޭޓާ މާލޭ ބަސްސްޓޭޝަންގައި ހުންނަ މޯލްޑިވިއަން ސިޓީ ޗެކިން އޮފީހުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 09:00 ފެށިގެން 13:00 އަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ

ލަންކާގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް އެރުމާ ގުޅިގެން ސްރީލަންކާގައި އިއުލާނުކުރި ކާފިއުގެ މުއްދަތު އެ ގައުމުގެ ސަރުކާރުން ވަނީ އިތުރުކޮށްފައެވެ. ބައެއް ސަރަހައްދުތަކަށް އިއުލާނުކުރި ކާފިއުގެ މުއްދަތު ހަމަވެފައިވާއިރު، މިވަގުތު ކާފިއު ހިންގަމުންދަނީ ހައި ރިސްކުކަމަށް ބެލެވޭ ސަރަހައްދުތަކަށެވެ.

ވައިރަސް އާއި ގުޅިގެން ލަންކާގެ ވައިގެ ދަތުރުތައް ވެސް ވަނީ ހުއްޓާލާފައެވެ. އަދި އެ ގައުމުގައި ތިބި ބައެއް ދިވެހިން ދަނީ އެ ހާލަތު އުވާލިހާ އަވަހަށް ރާއްޖެ އައުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެ މުއްދަތުގެ ތެރޭގައި ސަރުކާރުން ދަނީ، ލަންކާގައި ތިބި ދިވެހިންނަށް ފޯރުކޮށްދެވެން އޮތް އެހީތައް ދެނެގަނެ އެހީތައް ފޯރުކޮށްދެމުންނެވެ. އެގޮތުން، ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ކޮންމެ ދުވަހަކު ދިވެހިންގެ ހާލު ބަލައެވެ.

މި ދަނޑިވަޅުގައި ލަންކާގައި ތިބި ފަރާތްތަކާއި މެދު އާއިލާތައް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ލަންކާގައި ތިބި ދިވެހިންނަށް ރާއްޖެއިން އެއްވެސް އެހީއެއް ފޮނުވިދާނެތޯ އާ މެދު އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެކެވުނެވެ. އެއީ ލަންކާއިން ރާއްޖެއަށް ދޭ އެހީގެ މުދާ ބަލާ ދާ މޯލްޑިވިއަންގެ ކާގޯ ފްލައިޓް މެދުވެރިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: