ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަަސް: ޝައްކުވެ އައްޑޫއިން ނެގި ތިން ސާމްޕަލްވެސް ނެގެޓިވް

ކޮރޯނާ ވައިރަސްއަށް ޝައްކުވާ މީހުންގެ ސާމްޕަލްތައް ނެގުން
ޝެއާރކޮށްލާ ކަހަލަދޯ؟

އަވައްޓެރި އިންޑީއާގެ ކޮޗިންއަށް ދަތުރުކޮށްފައި އައި މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވިގެން އައްޑޫސިޓީން ސާމްޕަލް ނެގި ތިން މީހުންގެ ނަތީޖާ ނެގެޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި އެވެ.

ރާއްޖެއިން ބޭރުގެ ހުރިހާ ގައުމަކުން އަންނަ ދިވެހިންވެސް 14 ދުވަހަށް ކަރަންޓީން ކުރާގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައެވެ. މީގެ ކުރިން ކަަރަންޓީން ފެސިލިޓީއަކަށް ގެންދިއުމަށް ނިންމާފައިވަނީ ހަމައެކަނި ޓްރެވެލް ރެސްޓްރިކްޝަން ނެރެފައިވާ ގައުމުތަކަށް އެކަންޏެވެ. ކޮޗިންއަށް ދަތުރުކުރި އެ ދިވެހި މީހާއަކީ އެ ނިންމުމަށް އަމަލު ކުރުމަށް ފެށުމުގެ ކުރިން ރާއްޖެ އައި މީހެކެވެ.

އައްޑޫއިން ސާމްޕަލް ނެގި އިތުރު ދެ މީހުންނަކީ ބެލެވޭ ގޮތުގައި އޭނާކެ ކޮންޓެކްޓްސްއެވެ. އަދި ދަތުރުކުރި މީހާއާއި ގުޅޭގޮތުން ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ވެސް އުފެދިގެން ދިޔައެވެ. އަދި އޭނާއާއި ގުޅޭގޮތުން ވާހަކަތަކެއް ވެސް ދެކެވުނެވެ.

ކޮރޯނާއާއި ބެހޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ އައްޑޫ ސިޓީގެ އެމީހާ ޝައްކުވާ އަލާމާތްތަކެއް ހުރުމުން އައްޑޫ ހޮސްޕިޓަލަށް ދިޔައީ އަމިއްލައިން ކަމަށެވެ. އޭނާ ދިޔައީ އެކުއަޓޯރިއަލް ހޮސްޕިޓަލްގެ އީއާރްއަށް ކަމަށާއި އޭރު އެތަނުގައި ތިބި ނަރުހުންނާއި ޑޮކްރުން އެޓެންޑުވީ ކަމަށެވެ. އެހެން ނަމަވެސް އެ މީހުން އެޓެންޑުވީ ޕްރޮޓެކްޓިވް ގިއާރގައި ނޫން ކަމުން އެ މީހުން އައިސޮލޭޓު ކުރިއެވެ.

މީގެކުރިން ވެސް އައްޑޫ ސިޓީއަށް ކޮޗިންއިން އައި ކުޑަކުއްޖެގެ ފަރާތުން ވެސް ބަލީގެ އަލާމާތްތަކެއް ފެނިގެން ގެ ލޮކްކުރިއެވެ. އެ ކުއްޖާގެ ނަތީޖާތައް ނެގެޓިވެއެވެ.

މިހާތަނަށް ރާއްޖޭގައި ޔޫކޭއިން އެނބުރި އައި ތިން ދިވެއްސަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ ދެ އެމީހުން ރާއްޖެއަށް އައި ގޮތަށް ވެސް ތިބީ އެކަހެރިކޮށް ކަރަންޓީނު ފެސިލިޓީތަކުގަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: