ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިމަބިހި ޖެހުނު މީހުންގެ އަދަދު 66 އަށް: އައިސޮލޭޝަން ފެސިިލިޓީއެއް ހަމަޖައްސަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް މީސަލްސް ނުވަތަ ހިމަބިހީގެ 66 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި މިދިޔަ ހަފްތާގައި ނެރުނު ތަފާސްހިސާބުގައި 22 ކޭސް ރިޕޯޓުކޮށްފައިވާކަން ހާމަކޮށްފައިވާއިރު، އެ އަދަދު މި ހަފްތާގައި 66 އަށް މަތިވެފައި ވަނީ އޭރު ހަދަން ޖެހޭ ޓެސްޓުތަކެއް ނުހެދި ހުރުމުގެ ސަބަބުންނެވެ. އެހެންނަމަވެސް މިދިޔަ ހަފްތާގައި ޕީސީއާރު ކިޓު ލިބިފައިވާ ކަމަށާއި އެހެންކަމުން 66 އަކީ ގިނަ ޓެސްޓުތައް ކުރުމުން ލިބުނު ނަތީޖާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ހިމަބިހި ޖެހުނު މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ، 15 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނެވެ. ޕޮޒިޓިވްވި މީހުންގެ އެކްޓިވް ކޮންޓެކްޓުގެ ޢަދަދު 258އަށް އަރައެވެ. މީސަލްސް އައުޓް ބްރޭކާއި ގުޅިގެން މިހާތަނަށް 569 މީހުން ވަނީ ބައްޔަށް ޓެސްޓް ކޮށްފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ރާއްޖޭގައި މި ބަލި ފެތުރި ބަލި ޖެހިފައި އެންމެންގެ ކިބަަައިންވެސް އެހެން ގައުމުތަކާއި ހިލާފަށް ސީރިއަސް އަލާމާތްތައް ނުފެންނަ ކަމަށާއި އެއީ ފާހަގަކޮށްލެވޭ ޕޮޒިޓިވް ކަމެއް ކަމަށެވެ. ބޭރުގެ ގައުމުތަކުގައި މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ގިނަ ކަމަށާއި އަދި އެކި ކަހަލަ ސީރިއަސް އަލާމާތްތައްވެސް ފެންނަ ކަމަށް ފާހަގަކުރިއެވެ.

ހިމަބިއްސަކީ ޖެހިފައިވާ އެކަކުގެ ސަބަބުން 18 މީހުންނަށް މި ބަލި ޖެހިދާނެފަދަ ބައްޔެއް ކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ. އަދި މިހާރު ރާއްޖޭގެ ގިނަ މީހުންނަނީ ވެކްސިން ޖަހާފައިވާ މީހުން ކަމަށް ވުމުން ބަލި ޖެހިފައިވާ މީހުންނަށް މީގެ އަސަރު ކުޑަކަން ފާހަގަކޮށްފައިވެއެވެ.

ވެކްސިން ޖެހުމުގެ މަސައްކަތްތައްވެސް މިވަގުތު ކުރަމުން ދާ ކަމަށާއި، އެގޮތުން ހެލްތުކެއާ ވޯކާސްއާއި ކުޑަކުދިންނަށް ވެކްސިން ދެމުންދާ ކަމަށް ބުނެފައިވެއެވެ. އެޗްޕީއޭއިން ބުނެފައިވަނީ ޔުނިސެފުން ކުރިން 8000 ވެކްސިން އަދި އިންޑިއާއިން 20000 ވެކްސިން ހަދިޔާކުރި ކަމަށެވެ. އެހެންނަމަވެސް ޔުނިސެފަށް އިތުރު ޑޯސްތައް ގެނައުމަށް ރިކުއެސްޓުކޮށްފައިވާ ކަމަށް އެ އޭޖެންސީން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ އައިސޮލޭޝަން ފެސިލިޓީތަކެއް ގާއިމްކުރުމަށް މަޝްވަރާތައް ކުރިއަށްދާ ކަމަށާއި ހުޅުމާލޭގެ ދެ ތަނެއްގައި އެތަންތަން ގާއިމް ކުރުމުގެ މަސައްކަތް މިވަގުތު ފެށިފައިވާ ކަމަށެވެ. މިއީ އެކަނި ގޭގައި ކަރަންޓީނު ނުވެވޭ ހާލަތްތަކަށް ތައްޔާރުވުމަށް އަޅާ ފިޔަވަޅެއް ކަމަށް އެ އޭޖެންސީން ވަނީ ބުނެފައެވެ.

ރާއްޖޭގައި ވެކްސިން ހިމަބިހީގެ ވެކްސިން ޖަހާފައި ވަނީ 97 ޕަސެންޓު ކަމަށާއި އެހެންނަމަވެސް ހުރިހާ ވެކްސިނެއް ހަަމަކޮށްފައި ހުރުމަކީ މުހިންމުކަމެއް ކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. މީސްލްސް، އެމް.އާރު ނުވަތަ އެމް.އެމް.އާރު ޑޯޒް ފުރިހަމަ ކޮށްފައިވޭތޯ ބެލުމަށް އެ އެޖެންސީއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: