ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް އަމާޒުކޮށްގެން ސިބްކޯ އިން އަގުހެޔޮ ބާސްމަތީ ހަނޑުލެއްކަމުގައިވާ އަލް މަޝާލް ބާސްމަތީ ބާޒާރަށް ނެރެފިއެވެ.
މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން ސިބްކޯގެ މެނޭޖަރ މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް ހާނީ ނަޢީމް ވިދާޅުވީ މި ވަގުތު ދުނިޔެއަށާއި ރާއްޖެއަށް ދިމާވެފައިވާ ހާލަތުގައި ކުރިއަށްއޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ސަބަބުން ހިތްތަކަށް ކޮންމެސްވަރެއްގެ ތަސައްލީއެއް ލިބޭނެކަމަށް އުންމީދުކުރާކަމަށާއި ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ފަހަށް ރައްކާކުރުމު ގެ ވިސްނުން ގެންގުޅޭނެކަމަށެވެ. އަދި ހަނޑުލަކީ ދިވެހިންގެ ބޭނުންކުރާ މައިގަނޑު ކާޑުގެ ބާވަތެއްކަމަށްވެފައި، ކޮލިޓީ ހިފެހެއްޓިފައިވާ އަގުހެޔޮ ހަނޑުލެއްގެ ގޮތުގައި އަލް މަޝާލް ލިބިގެން ދިއުމަކީ އެންމެންވެސް އުފަލާއެކު ބަލައިގަންނާނެކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.
ހާނީ ވިދާޅުވީ މި ހަނޑުލަކީ ޕާކިސްތާންގެ އުފެއްދުމެއްކަމަށާއި މި ބާވަތުގެ ހަނޑުލުން 5 ކިލޯ ބަސްތާ އަދި 1 ކިލޯގެ ޕެކެޓް މި ވަގުތު ސުޕަރމާކެޓް، މިނީ މާޓު އަދި ފިހާރަތަކުން ލިބޭނެކަމަށާއި ހޯލްސޭލް އަދި ރީޓޭލްކޮށް ބައްލަވައިގަންނަވަން ބޭނުންވާ ފަރާތްތަކަށް ސިބްކޯ ބާޒާރު ފިހާރައިން މިހާރު ލިބެން ހުންނާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ސިބްކޯ ފުވައްމުލަށް އަދި އައްޑޫ ބްރާންޗުންވެސް މި ހަނޑޫ ވިޔަފާރިވެރިންނާއި ކަސްޓަމަރުންނަށް މާލެއެކޭ އެއް އަގެއްގައި ލިބޭނެ ކަމަށެވެ.
ހާނީ ވިދާޅުވީ ދިވެހިންނަކީ އެކުވެރި އެއްބައިވަންތަ މުޖުތަމައުއެއްކަމަށާއި ރަމަޟާން މަހަކީ ޚާއްޞަ މައްސަރެއްކަމަށްވެފައި، ސިބްކޯއިން އަންނަނަނީ ރޯދަ ހަދިޔާގެ ނަމުގައި އަލްމަޝާލް ބާސްމަތީ، ޑެއިރީ ޗޭމްޕް ގެރިކިރު އަލްމުދިޝް ޓޮމާޓޯ ޕޭސްޓް ގެ ގިފްޓް ޕެކެއް ނެރުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި ބަދިގޭގައި ބޭނުންކުރެވޭ ބޭނުންތެރި މުދާ ހިމެނޭގޮތަށް ވަރަށް ޚާއްޞަ އަގަގެއްގައި އާއިލާތަކަށް ބޭނުންތެރި އަގުވަޒަންކުރެވޭ ގިފްޓް ޕެކެއް ނެރުމަށް މަސައްކަތްކުރަމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ.
ސިބްކޯ އަކީ ރާއްޖޭގެ ބާޒާރުގައި މަޝްހޫރު އަލްމުދިޝް ހިކިކިރާއި އަލްމުދިޝް ޓޮމާޓޯ ޕޭސްޓް، ފަލަކް ބާސްމަތީ ހަނޑޫ، ކުޑަކުދިންނަށް ޚާއްޞަ ނެޕީއެއްކަމުގައިވާ މަމީ ޕޮކޯ ޕޭންޓްސް، ޑިއުރަސެލް ބެޓަރި އާއި ޓެޓްލީ ޓީ، ވޮންޑާ ކޮފީ ފަދަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އެވެ.

