ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމާއިއެކު އައު ކައުންސިލްތައް އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުން ދެމިތިބޭ ގޮތް ހަދަނީ!

އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެިއން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން ފަސްކޮށް އައު ކައުންސިލަރުން އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުން ދެމިތިބޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. 

މިއަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ތާރީހަކީ މި މަހުގެ ހަތަރު ވަނަ ދުވަހެވެ. ނަމަވެސް މިހާރު މުޅިދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން އިންތިހާބު ވަނީ މި މަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފައެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށްޓަކައި ގާނޫނުގައި ބުނާ މުްދަތު ލިބިގެންނުދާތީ ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އަންނަންދެން މުއްދަތެއް ނެތްގޮތަށް އިންތިހާބުގެ ވޯޓުލުން ފަސްކުރުމަށް އީސީން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ނައްސަލައެއް ހުށަހެޅިއެވެ. ނަމަވެސް އިންތިހާބު ބޭއްވުމަށް ދިމާވެފައިވާ މައްސަލައަށް މަޖިލީހުގެ ތެރެއިން ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް މަޖިލީޙުން ހާމަކުރުމުން އީސީން ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގާފައެވެ. އަދި އިންތިހާބުގެ ބޭއްވުމުގެ ކަންކަމާއި ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އިލެކްޝަންސް ކޮމިޝަނާއި ބައްދަލުކޮށް ވަނީ މަޝްވަރާ ވެސް ކޮށްފައެވެ. 

މިނިވަން މުއައްސަސާތަކުގެ ކޮމެޓީއާއި އީސީއާއި ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ވަނީ ހާއްސަ ބިލެއް މަޖިލީހަށް ފޮނުވާފައެވެ. އަދި އައު ކައުންސިލަރުން އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެންމުމަށްޓަކައި ގާނޫނުއަސާސީއަށް ވެސް ވަނީ އިސްލާހެއް ހުށަހަޅާފައެވެ. 

އެގޮތުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހަކީ މިހާރު ތިބި ކައުންސިލަރުންގެ ތިން އަހަރުގެ ދައުރު އައު ކައުންސިލަރުން އިންތިހާބު ކުރެވެންދެން ދެންމުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އިސްލާހަށް އަމަލު ކުރަން ފަށާނީ މަޖިލީހުން ބިލްފާސްކޮށް ރައީސުލްޖުމްހޫރީއްޔާ ބިލް ތަސްދީގްކުރާ ދުވަހުން ފެށިގެންނެވެ. 

ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށްޓަކައި މަޖިލީހަށް ފޮނުވާފައިވާ ބިލްގައި ބުނެފައިވާ ގޮތުގައި އެ ބިލަކީ  މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ބައްޔެއް ކަމުގައިވާ ކޮވިޑް-19 އާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ 33 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާނުކޮށްފައިވާތީއާއި، އެގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، އެ ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރުނަނުދިނުމަށް އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ހިމެނޭތީ، ދިވެހިރާއްޖޭގައި ބޭއްވުމަށް އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާޢަހުލެއް ޤާއިމުކުރެވެންދެން ފަސްކުރުމަށާއި، އެ އިންތިޚާބާގުޅޭ އެނޫންވެސް ޚާއްޞަ އުސޫލުތަކެއް އެކަށައެޅުމުގެ ޤާނޫނެވެ.

ބިލްގައި ބުނެފައިވާ ގޮތުގައި  އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލަށް ޢަމަލުކުރަން ފެށުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، ފަސްކުރެވިގެންދާނެއެވެ. އަދި  ފަސްކުރެވޭ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު 2020، ލަސްވެގެން، 6 ޖަނަވަރީ 2021 ގެ ނިޔަލަށް ބާއްވައި ނިންމަންވާނެ ކަމަށް ބިލްގައި ވަނީ ބުނެފައެވެ. 

ބިލްގައި ބުނެފައިވާ ގޮތުގައި  ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރެވުނު ނަމަވެސް، އެ އިންތިޚާބުގައި ވާދަކުރާނީ، އެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަމަށް، 6 މާރިޗު 2020 ގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، ޢާންމުކޮށްފައިވާ ކެންޑިޑޭޓުންނެވެ.

މީގެއިތުރުން ބިލްގައި ބުނެފައިވާ ގޮތުގައި  ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު އާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު އާއި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ ދަށުން އިލްކެޝަންސް ކޮމިޝަނުން ކުރިއަށްގެންގޮސްފައިވާ އެންމެހައި އިޖުރާއަތުތައް އެއީ،  އިންތިޚާބުގެ ބޭނުމަށްޓަކައި ޞައްޙަ އިޖުރާއަތުތަކެއް ކަމުގައި ބެލޭނެއެވެ. އަދި އެއިން އެއްވެސް އިޖުރާއަތަކީ، އެ އިންތިޚާބު ފަސްކުރެވުމުގެ ސަބަބުން އަލުން ފުރިހަމަކުރަންޖެހޭނެ އިޖުރާއަތުތަކެއް ނޫން ކަމަށް ވެސް ބިކްގައި ވަނީ ބުނެފައެވެ. 

ބިލްގައި އިތުރަށް ބުނެފައިވާ ގޮތުގައި  ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ވާދަކުރާނެ ކެންޑިޑޭޓުން ކަމުގައި 6 މާރިޗު 2020 ގައި އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސަރވިސްގެ މުވައްޒަފުން،  ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ގެ 13 ވަނަ މާއްދާގެ ދަށުން ސިވިލް ސަރވިސްގެ ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާޠިލުވާނެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: