ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1،075،142 އަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1075142 އަށް އަރައިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާގޮތުގައި ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކޮށްފައި ވަނީ ރާއްޖޭގެ ރިސޯޓުތަކަށެވެ. އެގޮތުން 756،719 ފަތުރުވެރިން ރިސޯޓުތަކަށް ޒިޔާރަތްކޮށްފައިވާއިރު އެއީ ޒިޔާރަތްކުރި ފަތުރުވެރިންގެ 72 އިންސައްތަކަން ފާހަގަކޮށްލެވެއެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ގެސްޓްހައުސްތަކަށެވެ. އެގޮތުން 23 އިންސައްތަ ފަތުރުވެރިން ގެސްޓްހައުސްތަަކަށް ޒިޔާރަތްކޮށްފައިވާއިރު އެއީ ޖުމްލަ 244،755 ފަތުރުވެރިންނެވެ. މީގެ އިތުރުން ހޮޓެލްތަކަށް ވެސް ވަނީ 25،521 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

އާންމު ގޮތެއްގައި ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިހާރު އުޅެނީ 5،200 ގައެވެ. މީގެ ކުރިން މި އަހަރު ފެށުނުއިރު އެ އަދަދު އުޅުނީ 7،000 ގައެވެ.

ފަތުރުވެރިން އެންމެ ގިނައިން ރާއްޖެ އަންނަ ގައުމުތަކަށް ބަލާއިރު ލިސްޓުގެ އެއްވަނައިގައި އަދިވެސް އުޅެނީ ޗައިނާއެވެ. ލިސްޓުގެ ދެވަނައިގައި ރަޝިއާ އުޅޭއިރު، ތިންވަނައިގައި އުޅެނީ އިނގިރޭސިވިލާތެވެ. އަދި ހަތަރުވަނައިގައި އުޅެނީ އިޓަލީއެެވެ. މީގެ އިތުރުން ފަސްވަނައިގައި ޖަރުމަނު އުޅޭއިރު، އިންޑިއާ އަދިވެސް އުޅެނީ ލިސްޓުގެ ހަވަނައިގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: